ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދާއިރާތަކަށް ކުރާދަތުރުތައް ރަސްމީކުރުމަށް ނިއްމައިފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު މިހާރުވެސް ލައްކައެއްހާ ރުފިޔާ ނަންގަވާކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއިލް، އިބުރާ ވިދާޅުވެއްޖެއެެވެ.

އިބުރާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދާއިރާތަކަށް ކުރާދަތުރުތަކަކީ ރަސްމީ ދަތުރުތަކަށް ހެދުމަށް ނިންމުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ތަމްސީލުކުރައްވާ ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ، ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ވަނީ ނިއްމާފައެެވެ. އަދި އެކަން މަޖިލީހުގެ ތަޅުމުގައި މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ އިޢުލާން ވެސް ކުރަށްވާފައެވެ.

މަޖީލީހުގެ ޤަވާއިދުގައި ބުނާގޮތުން މަޖިލީހުގެ ޖަލްސާ ހިނގަމުންދާ ވަގުތެއްގައި، މަޖިލީހުގެ ބޭނުމަށްް ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ނުވަތަ ދިވެހިރާއްޖޭގެ ސަރަޙައްދުންްް ބޭރަށް، މެންބަރަކު ނުވަތަ މެންބަރުންތަކެއް ދަތުރުކުރުމުގެ ހުއްދަ، މަޖިލީހުގެ ރައީސަށްް ދެވިދާނެއެވެ. އަދި މަޖިލީހުގެ އެކައުންޓުންވެސް އެކަމަށް ޚަރަދުކުރެވިދާނެކަމަށް ގަވާއިދުގައިވެއެވެ. އެކަމަށް އިޝާރަތް ކުރަށްވައި އާ ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުގައްރިރު އިބުރާ ވިދާޅުވީ، އޭނާ މަޖިލީހުގައި އުޅުއްވިއިރު މުސާރައަކީ އެންމެ 7000 ރުފިޔާކަމަށެވެ. ކޮމިޓީއަށް ހާޒިރުވެއްޖެނަމަ އެލެވަންސްއަކާއި ދާއިރާއަށް އަހަރަކު އެއްފަހަރު ދިއުމަށް ޓިކެޓެއް ލިބޭކަމަށް އިބްރާ ވިދާޅުވިއެވެ. އެހެން ނަމަވެސް އޭގެ ފަހުން މެންބަރުންގެ މުސާރަ 65،000 އަށް ބޮޑުކުރީ އެ ހުރިހާ ކަމެއް އެއްކޮށްލުމަށްފަހުކަމަށާއި، އެއީ މެންބަރުންގެ އޮފީހެއްވެސް ހިމެނޭގޮތަށް ދޭ މުސާރައެއް ކަމަށް އިބްރާ ވިދާޅުވިއެވެ.



ނަމަވެސް އޭގެ ފަހުން އަނެއްކާވެސް ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ އިތުރުކޮށްފައިވާއިރު، އަނެއްކާ މިހާރު ދަތުރުކުރަން ބަޖެޓުން ޚަރަދުކުރަން ނިންމާފައިވާކަމަށް އިބްރާ ވިދާޅުވިއެވެ. މަޖިލީހުގެ އިދާރާގައި ކޮންމެ މެންބަރަކަށް އޮފީހެއް ހުންނަކަންވެސް އިބުރާ ވަނީ ފާހަގަކުރައްވާފައެވެ.

"ލަފާކުރެވޭގޮތުގައި މީގެން ކޮންމެ [މެންބަރަކު] ލައްކައެއްވަރު ގޮހޮރަށް ލާނެެ. އެވަރު މަދުކަމުން ކޮންމެ ވޯޓެއްގައި "ބަޓަން އެލަވަންސް" އެއް އެބަދޭންޖެހެއެވެ. ބިޑަށްލާ އެއްޗެއް ވިއްޔާ މި [މެންބަރުން]ގެ ހިއްސާ އޮންނަ ކުންފުނިތަކަށް ނޫނީ ލިބިއްޖެއްޔާ، އަނެއްކާ ކަންތައް ޖެހުނީ. ކޮންމެވެސް ވަޒީރަކު ނޮޅައިލަންވީ. މިއީ އަދި ރިޔާސީ ނިޒާމެއްގައި ވާވަރު. ބަދަލު ކުރީމައި ވާނީ ކިހިނެއްބާ." މާލޭގެ މަޖިލިސް މެންބަރުގެ ގޮޑިއެއްވެސް ފުރުއްވި އިބްރާ ވިދާޅުވިއެވެ.



އިންތިޚާބާއި ދިމާކޮށް، މަޖިލީހުގެ މެންބަރުން ދާއިރާތަކަށް ކެމްޕެއިނަށް ކުރާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއްކަމަށް މަޖިލީހުން ކަނޑައެޅުމުން ގިނަ ބަޔަކު ވަނީ މެމްބަރުންނަށް ފާޑުކިޔާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން