ރޯދައަށް އިންޑިއާއިން އައްޑޫ ސިޓީއަށް 3000 ޓަނަށްވުރެ ގިނަ މުދާ އެތެރެކޮށްފައިވާކަމަށް ހިތަދޫ ޕޯޓު ލިމިޓެޑުން ބުނެފިއެވެ.

ހިތަދޫ ޕޯޓް ލިމިޓެޑުން ބުނީ މިއަހަރުގެ ރޯދަމަހާ ދިމާކޮށް އިންޑިއާއިން 3200 ޓަނުގެ މުދާ އައްޑޫގެ ވިޔަފާރިތަކުން ގެނެސްފައިވާކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އައްޑޫއަށް ގެނެސްފައިވާ މުދަލުގެ ތެރޭގައި ކާބޯތަކެތީގެ އިތުރުން ކޮންސްޓްރަކްޝަން ސާމާނާއި ބޭސް ހިމެނެއެވެ. އަދި ފިނިކުރި މުދަލުގެ ގޮތުގައި 6537 ކިލޯގެ މުދާ ގެނެސްފައިވެއެވެ. މީގެއިތުރުން ބިސް، ފިޔާ، އަލުވި، ކެބެޖް، ޓޮމާޓޯ، ކަރާ އަދި ދޮންކެޔޮވެސް ވަނީ އައްޑޫއަށް ގެނެސްފައެވެ.



އައްޑޫގެ ބައެއް ވިޔަފާރިވެރިން ބުނީ އިންޑިއާއިން އައްޑޫއަށް ސީދާ މުދާ ގެންނަން ފެށިފަހުން މުދަލުގެ އަގު ވަރަށް ބޮޑަށް ހެޔޮކުރެވިފައިވާ ކަމަށެވެ. އަދި މިއަހަރު ރޯދަމަހުވެސް މުދަލުގެ އަގު ހެޔޮވެގެންދާނެ ކަމަށްވެސް ވިޔަފާރިވެރިން ބުނެއެވެ.

އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ ސިޓީއާ ދެމެދު އަންނަނީ ސީދާ ދަތުރުތައް ބާއްވަމުންނެވެ. މިދަތުރުތައް ކޮންމެ 20 ދުވަހަކުން އޮންނައިރު، ގަނޑުކުރި މުދަލުގެ އިތުރުން ލައިވް ކާގޯ ގެނެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެންމެ އުތުރުން ކުޅުދުއްފުށްޓާއި ކޮޗިންއާ ދެމެދުވެސް އަންނަނީ ކާގޯ ދަތުރުތައް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން