އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި އެއޮތޯރިޓީގެ ބާރުތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކުރުމަށް ތާއިދު ނުކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި އެ އޮތޯރިޓީގެ ބާރުތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ. އެބިލަށް ބަހުސްކުރައްވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި އެއޮތޯރިޓީގެ ބާރުތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކުރުމަށް ސަރުކާރުން ހުށައަޅާފައިވާ ބިލުގައި ކަންބޮޑުވެވަޑައިގަންނަވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ސަރުކާރަށް ބާރުތަށް ޖަމާކުރުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށާއި، ޓްރާންސްޕޯޓް އޮތޯރިޓީން ކުރާ މަސައްކަތްތަކަކީ ކައުންސިލްތަކުން ކުރެވޭނެ ކަންކަމަށްވާއިރު އެ ބާރުތައް ކައުންސިލްތަކަށް ދޭންޖެހޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ ކޮމެޓީގައި މަޝްވަރާ ކުރުމަށްފަހު އެބާރުތަކަަކީ ގާނޫނޫން ކައުންސިލަށް ލިބިދީފައިވާ ބާރުތައް ކަމަށްވާތީ އެ ބާރުތައް ކައުންސިލްތަކުން ކުރާގޮތަށް މި ބިލް ބަދަލުވެގެންދިޔުން." ހަސަން ލަތީފް ވިދާޅުވިއެވެ.

ޓްރާންސް ޕޯރޓް އޮތޯރިޓީގައި މައްސަލަތަކެއް އުޅޭކަމަށް ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި އެތޯރިޓީ އުވާލުމުގެ ޚިޔާލުފުޅު ގެންގުޅުއްވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ އޮތޯރިޓީ އުވާލުމާމެދު މަޖިލީހުގެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން