ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާހާއި އެނޫންވެސް ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ކަރުދާހާއި، ވޯޓު ފޮށްޓާއި، އެނޫންވެސް އިންތިޚާބަށް ބޭނުންވާ ތަކެތި އިންތިޚާބު ކުރިއަށްގެންދާ މަރުކަޒުތަކަށް ފޮނުވަން ފަށާފައިވާކަމަށެވެ. އެގޮތުން މިއަދު ފުވައްމަލުކު ސިޓީއަށާއި ހދ. އަތޮޅަށާއި، ތ. އަތޮޅަށާއި، ލ. އަތޮޅަށާއި، ގއ. އަތޮޅަށް ތަކެތި ފޮނުވާފައިވާކަމަށް ކޮމިޝަނުން ބުނެއެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ހުރިހާ ރަށަކަށް ތަކެތި ފޮނުވައި ނިމޭނެކަމަށްވެސް ކޮމިޝަނުން ބުނެފައި ވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ އެންމެފަހުގެ ތައްޔާރީތައް ކުރިއަށްދާއިރު، ރަށްރަށުގައި ހަރަކާތްތެރިވާ ފުލުހުންވެސް ރަށްރަށަށް ވަނީ ފޮނުވަން ފަށާފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެން ވަނީ 273128 މީހުންނަށެވެ. މި އިންތިޚާބުގައި މާލެ ސަރަހައްދުގައި 600 ވޯޓުލާ މަރުކަޒު ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގައި ޓެންޓު ޖަހައިގެން ވޯޓުލުމަށް 40 މަރުކަޒު ޤާއިމްކުރާނެއެވެ. މާލޭގެ އިތުރަށް ރަށްރަށާއި ވޯޓުފޮށި ބެހެއްޓުމަށް ރަޖިސްޓަރ ކޮށްފައިވާ ރިސޯޓްތަކުގައިވެސް ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ 3934 ކެނޑިޑޭޓުންނެވެ. އޭގެތެރޭގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު