އައްޑޫގެ ކަރަންޓުގެ ހިދުމަތް އިތުރަށް ރަނގަޅުކުރުމަށްޓަކާ ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީއަށް ޖަނަރޭޓަރުތަކެއް ގެންގޮސްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އައްޑޫ ސިޓީއަށް ޖަނަރޭޓަރުތަކެއް ގެންގޮސްފައިވަނީ ކުރިއަށް އޮތް ރޯދަމަހަކީ، ހޫނު މޫސުމަށް ވެފައި އައްޑޫގެ ކަރަންޓުގެ ހާލަތު ނާޒުކު ހާލަތެއްގައި އޮތުމުންކަމަށެވެ. ފެނަކައިން ބުނީ އައްޑޫއަށް ގެންދިޔަ ޖަނަރޭޓަރުތަކާއެކު އައްޑޫގެ ކަރަންޓު މައްސަލައަށް ލުޔެއް ލިބިގެންދާނެކަމަށެވެ.

ފެނަކައިން ބުނީ އައްޑޫގެ ކަރަންޓަށް އަދިވެސް އެންމެ އެކަށީގެންވާ ހައްލެއް ގެނެވިފައި ނުވާކަމަށާއި، އެހެން ކަމުން އައްޑޫގެ ކަރަންޓު ނެޓްވޯކުގެ އަމަލީ މަސައްކަތް ވީއެންމެ އަވަހަށް ފަށައި، ކަރަންޓު މައްސަލަ ހައްލު ކުރާނެކަމަށެވެ. އަދި އައްޑޫއަށް ރޯދަމަހާ ދިމާކޮށް ގެނައި ޖަނަރޭޓަރުތަކުގެ ސަބަބުން ދާއިމީ ހައްލެއް ލިބެންދެން، މިހާރުދިމާވާ މައްސަލަ ހައްލުވެގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.

ސަރުކާރުން ވަނީ ޗައިނާގެ ޑޯން ފަންފޭންގް އިލެކްޓްރިކް އިންޓަރނޭޝަލާއެކު، އައްޑޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް 20 މެގަވޯޓުގެ ކަރަންޓު އުފައްދާނެ އިންޖީނުގެއެއް ޤާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއީ 37.5 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން