އަހުމަދު މަސްނޫމް   6 އޭޕްރީލު 2021 - 16:50
ބ. އަތޮޅުގެ 3 ރަށަކުން 5 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

"ރަސް" އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީންގައި ތިބި 5 މީހަކުކަމަށާއި، މިމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީންގެ 10 ދުވަހުގެ މުއްދަތު ފުރިހަމަކުރުމަށްފަހު ނެގި ސާމްޕަލް ޓެސްޓުންނެވެ.

މިއެންމެންނަކީވެސް މާލެއިން ހޯމް ކަރަންޓީނަށް ދިޔަ މީހުންނެވެ. މިގޮތުން ޕޮޒިޓިވްވެފައިވަނީ ދަރަވަންދޫއިން 3 މީހުންނާއި މާޅޮހުން މީހަކާއި އޭދަފުށިން މީހެކެވެ. މިގެތެރޭގައި ހިމެނެނީ ތިން އަންހެނުންނާ ދެ ފިރިހެނުންނެވެ. އަދި މިއެންމެންގެ ހާލު ރަނގަޅު ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ބ.އަތޮޅަށް ހޯމް ކަރަންޓީނަށް ފަސްހާހަށްވުރެ ގިނަ މީހުން ގޮސްފައިވާއިރު، މީގެތެރެއިން 70 އަށް ވުރެ ގިނަ މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން