ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިިހާދު
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިިހާދު
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިިހާދު އިސްވެ ހުންނަވައިގެން ލޯ ފާމެއް އުފައްދަވައިފި އެވެ.

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިިހާދު ލޯ ފާމެއް އުފެއްދެވީ "އެލީޓް ލޯ އެސޯސިއޭޓްސް" ގެ ނަމުގައެވެ. މި ލޯ ފާމްގެ ޕާޓްނަރުގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން އަލީ އެވެ. މީގެ އިތުރުން ގާނޫނީ ވަކީލެއް ކަމަށްވާ އަބްދުﷲ ސައްތާރު މުހައްމަދަކީ ވެސް އެ ލޯ ފާމުގެ ހިމެނެއެވެ. މި ލޯ ފާމުގައި ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވަނީ އެތިން ބޭފުޅުންނެވެ.

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިިހާދު އިސްވެ ހުންނަވައިގެން ލޯ ފާމެއް އުފައްދަވާފައިވާއިރު ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ވަނީ އުފުލާފައެވެ. އެމައްސަަލަައިގައި އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގަތުން ކްރިމިނަލް ކޯޓުން ވަނީ މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން