ތ. ވިލުފުށިން ކޮވިޑަށް ޕޮޒިޓިވް މީހަކު ފެނުމާއި ގުޅިގެން އެ ރަށަށް އަރައިފޭބުން އެޗްޕީއޭއިން މަނާކޮށްފިއެވެ.

ވިލުފުށިން ކޯވިޑަށް ޕޮޒިޓިވްވީ ރޯގާގެ އަލާމާތެއް ހުރެގެން ޑޮކްޓަރަށް ދައްކަން ދިޔަ މީހެކެވެ. އެ ރަށުގައި ހޯމްް ކަރަންޓީނުގައި ތިބި ބައެއް މީހުން މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވީ ނަމަވެސް މިއީ މިގޮތަށް ހުމުގެ އަލާމާތް ހުރެގެން ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ކޯވިޑަށް ޕޮޒިޓިވްވެ، ރަށަށް އަރައިފޭބުން މަނާކުރި ފުރަތަމަ ފަހަރެވެ.

ވިލުފުށީ ކައުންސިލުން ބުނީ ކޯވިޑްގެ ބަލިމީހުން ފެނުމާއި ގުޅިގެން، ރަށަށް އަރައިފޭބުން މަނާކޮށް، ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިހާތަނަށް 39 ސާމްޕަލެއް ނަގާފައިވާކަމަށް ކައުންސިލުން ބުނެއެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގެ 18 ރަށަކަށް އަރައިފޭބުން މިހާރު ވެސް އޮތީ މަނާކޮށްފައެވެ. އަދި ރަށްރަށުގައި ކޯވިޑް ޖެހިފައިވާ 900 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން