ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިތުރުކުރައްވައިފިއެވެ.

އެ ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކުރައްވާފައި ވަނީ 15 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށެވެ. މި މުއްދަތު އިތުރުކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެޕްރީލް 11 އަދި 12 ވަނަ ދުވަހަކީ ބަންދު ދެ ދުވަސްކަމުގައި ހަމަޖެއްސެވުމާއި ގުޅިގެންނެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމްގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެޕްރީލް 14 އަދި 15 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެ ކަމަށް ރައީސް އޮފީހުން ހާމަކުރަށްވައެވެ.

އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލާން މިދިޔަ މަހުގެ 31 ވަނަ ދުވަހު ހުޅުވާލީ އެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ނަންތަކަށް ރުހުން ދޭން މަޖިލީހުގެ މެންބަރުންނަށް ނުފެނުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން