މ. މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި މަސްބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
އެމްޓީސީސީން ބުނީ މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ ޕްލޭނިން މިނިސްްޓްރީން މާޗް މަހުގެ 29 ވަނަ ދުވަހުގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއުގެ ދަށުން 411.90 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގްް ރިވެޓްމަންޓް ޖެހުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
17.66 މިލިއަން ރުފިޔާގެ އެމަޝްރޫއު 105 ދުވަސް ތެރޭގައި ނިއްމާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
އެމްޓީސީސީ އިން ބުނީ މަސްބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ފެބްރުވަރީ 11 ގައި ހަވާލުކޮށްފައިވާއިރު އެ މަޝްރޫއުގެ ދަށުން 22،240 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 8،640 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި 160 މީޓަރު ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 68.90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 3،200 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށް ނިންމާފައިވާ ކަަމަށެވެ.
300 ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ އަގަކީ 56.14 މިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު