ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ކޮންސަލްޓެންސީ މަސައްކަތް އިންޑިއާއިން ފަށައިފިއެވެ.
މި މަޝްރޫއުގެ ކޮންސަލްޓެންޓަކީ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާކަމަށާއި، އެ އޮތޯރިޓީގެ ޓީމެއް އިއްޔެ ވަނީ ގަން އެއާޕޯޓަށް ޒިޔާރަތް ކޮށްފައިކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ޑޮމެސްޓިކް ޓާމިނަލަކާއެކު، ކޮންޓްރޯލު ޓަވަރެއްގެ އިތުރުން ފަޔާ ސްޓޭޝަން އިމާރާތަކާއި، މިހާރު ހުރި ޓަރމިނަލް އިންޓަނޭޝަނަލް ޓާމިނަލެއްގެ ގޮތުގައި ތަރައްގީކޮށް ޑިއުޓީ ފްރީ ފިހާރަތަކާއިި ރެސްޓޯރެންޓު އަދި ލައުންޖު ވަސީލަތްތައް ގާއިމް ކުރާނެއެވެ. މީގެ އިތުރުން އެއާޕޯޓަށް ދިޔުމަށް އިތުރު މަގެއް ގާއިމުކޮށް ކާގޯ ވަސީލަތްތައްވެސް ތަރައްގީ ކުރާނެއެވެ.
ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އަހަރު ފަހުކޮޅު ފަށަން ތައްޔާރުވެފައިވާއިރު، މިޕްރޮޖެކްޓުގެ ދަށުން އެއާޕޯޓަށް ބޭނުންވާ އާލާތްތައް ހޯދާ، އެއާޕޯޓުގައި ސޯލާ ޕެނަލްވެސް ހަރުކުރާނެއެވެ.
ގަން އެއާޕޯޓަކީ، ސަރުކާރާއި އެމްއޭސީއެލް އަދި ރާއްޖޭގެ އެންމެ މުއްސަނދި ވިޔަފާރިވެރިން ހިމެނޭ ކާސާ ހޯލްޑިންގްސް ހިއްސާވެގެން އުފައްދާފައިވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުން އޮޕަރޭޓްކުރާ އެއަރޕޯޓެކެވެ.
އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު އެހީގައި ގަން އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައިވާއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުވެސް ކުރިއަށް ގެންދަނީ އެ ބޭންކުން ދޭ ލޯނަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު