ކެނެޑާ ސަރުކާރުން ދެއްވި އެހީ ހަވާލުކުރުމަށް ބޭއްވި ވަރޗުއަލް ރަސްމިއްޔާތުގެ ތެރެއިން
ކެނެޑާ ސަރުކާރުން ދެއްވި އެހީ ހަވާލުކުރުމަށް ބޭއްވި ވަރޗުއަލް ރަސްމިއްޔާތުގެ ތެރެއިން
ކެނެޑާ ސަރުކާރުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް 1 މިލިއަން ޑޮލަރުގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.

މި އެހީއަކީ ދިވެހިރާއްޖެއިން ކޯވިޑުން އަރައިގަތުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ރައްކާތެރި ގޮތެއްގައި މެޑިކަލް ވޭސްޓް ނައްތާލުމުގެ މަސައްކަތް ހަރުދަނާކުރުމަށް އެހީތެރިވުމުގެ ގޮތުން ދިން އެހީއެކެވެ.



ކެނެޑާ ސަރުކާރުން ދިން އެހީ ހަވާލުކޮށްފައިވަނީ "ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓް"ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢު އިފްތިތާޙުކުރުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ވަރޗުއަލް ރަސްމިއްޔާތެއްގައެވެ.

ކެނެޑާ ސަރުކާރުން ފޯރުކޮށްދިން ފައިސާއިން ހިންގާ މަޝްރޫއުގެ ދަށުން އަތޮޅު ތެރޭގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި "މެޑިކަލް ވޭސްޓް މެނޭޖްމަންޓް" މަރުހަލާތައް ހަރުދަނާކުރުމަށް 40 އޮޓޯކްލޭވް ހޯދުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް މިޚިދުމަތް ޤާއިމު ކުރެވިފައިވާ އަތޮޅުތަކުގެ އިތުރުން، 10 އަތޮޅެއްގައި "މެޑިކަލް ވޭސްޓް މެނޭޖްމަންޓް"ގެ ޚިދުމަތް ޤާއިމު ކުރެވިގެންދާނެއެވެ.

މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހުންނަ ޑަބްލިޔުއެޗްއޯގެ އޮފީހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން