ހއ. ހޯރަފުށީގެ ފުޓްބޯޅަ ދަނޑުގައި އަޅާފައިވާ ޓާފް ހަލާކޮށްލައި ޓާފް ދަނޑަށް ބަޔަކު މީހުން ގެއްލުންދީފިއެވެ.

ހއ. ޙޯރަފުށީ ކައުންސިލުން ބުނީ، ހޯރަފުށީގައި އަޅާފައިވާ ޓާފް ދަނޑަށް ބަޔަކު ގެއްލުންދީ ފުޓްސަލް ދަނޑުގެ ޓާފް ހަލާކޮށްލާފައިވާ ކަމަށެވެ. އެކަމާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވެ ހިތާމަ ކުރާކަމަށް ހޯރަފުށީ ކައުންސިލުން ބުނެއެވެ.



"އެކަހަލަ ވިޔާނުދާ ކަންކަމުން ދުރުވުމަށް އިލްތިމާސްކުރަން، އިންތިޚާބާއި ދިމާކޮށް މިކަހަލަ ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން." ހޯރަފުށީ ކައުންސިލް އިދާރާއިން ބުނެފައިވެއެވެ.

ހއ. ހޯރަފުށީގައި އަޅާފައިވާ ޓާފް ދަނޑަށް ގެއްލުންދިނީ ކޮންބަޔެއްކަމެއް ނޭގެއެވެ. އަދި އެކަން ކުރި މަގުސަދެއް ވެސް ސާފެއް ނުވެއެވެ. ހއ. ހޯރަފުށީގެ ފުޓްބޯޅަ ދަނޑުގައި އަޅާފައިވާ ޓާފް ހަލާކޮށްލައި ޓާފް ދަނޑަށް ބަޔަކު މީހުން ގެއްލުން ދިނުމުން ގިނަ ބަޔަކު އަންނަނީ އެކަން ކުށްވެރިކުރަމުންނެވެ. އެއީ ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން