ޒިކްރާ މިސްކިތް ސަރަހައްދުން ގަބުރު ފެނުނު ކަމުގައި ވިޔަސް، އެތަން ސާފުކޮށް މިސްކިތް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީއިން މިއަދު ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒިކުރާ މިސްކިތުގެ ގޯތިތެރެއިން ގަބުރު ފެނިފައި ވަނީ އިއްޔެ ކަމަށެވެ. އެތަނުން ގަބުރު ފެނިފައިވީ ނަމަވެސް މިހާރު އެތަން ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި ރޯދަ މަހަށް ވަގުތީ މިސްކިތް އެޅުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

ޒިކުރާ މިސްކިތް ތަޅައިލީ އެތަން ބައުވުމުގެ ސަބަބުން އައު މިސްކިތެއް އެތަނުގައި އެޅުމަށެވެ. ނަމަވެސް މިހާރު އެ މިސްކިތް ހުރި ސަރަހައްދުގައި ރޯދަ މަހަށް ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން