5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ރައީސް ސާލީހަށް އަނެއްކާވެސް ދަންނަވައިފިއެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގަތީ އިދިކޮޅު ކޯލިޝަނުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ސާލިހާއެކު ބޭއްވި ބައްދަލުވުމުގައި ދެ ކަމެއް ކޮށްދެއްވުމަށް އެދުނު ކަމަށެވެ. އެއީ ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށާއި އެމަނިކުފާނަށް އިންސާފު ލިބޭނެ ގޮތް ހައްދަވައި ދެއްވުންކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ކޮށްދެއްވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވި ކަަމަށެވެ. އަދި އެބައްދަލުވުމުގެ ނަތީޖާ ފެންނާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ރައީސް ސާލީހުއަށް ދަންނަވާފައިވާއިރު، މީގެކުރިންވެސް އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް ސަރުކާރަށް ދަންނަވާފައިވެއެވެ. ނަމަވެސް މިހާތަނަށް ރައީސް ޔާމީން ގެއަށް ބަދަލުކުރައްވާފައެއް ނުވެއެވެ. އަނެއްކޮޅުން އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ޔާމީން އެކަނި ޖަލުގައި ހުންނަވާތީވެސް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

މަނީ ލޯންޑްރިންގ ގެ މައްސަލައިގައި ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ ރައީސް ޔާމިންގެ އިތުރުން އެމައްސަލައިގައި މިހާތަނަށް ޝަރީއަތްކޮށް ހުކުމް އިއްވާފައިވަނީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ މައްޗަށާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށެވެ. ރާއްޖޭގައި މިފަހުގެ ތާރީޚެއްގައި ހިނގާފައިވާ ކަމަށް ބުނާ އެންމެ ބޮޑު ޚިޔާނާތުގެ މި މައްސަލައިގައި އެތައް ބަޔަކު ހިމެނި، ގިނަ ބަޔަކަށް އޭގެ މަންފާ ލިބިފައި ވީ ނަމަވެސް އަދި މިމައްސަލައިގައި ތަހުގީގެއްކޮށް ހުކުމެއް އިއްވާފައި ވަނީ މި ތިން ބޭފުޅުންގެ މައްޗަށެވެ. މި ތިން ބޭފުޅުންގެ ތެރެއިން ވެސް ހުކުމް އިއްވީއްސުރެ ޖަލުގައި ހުކުމް ތަންފީޒު ކުރަށްވަމުން ގެންދަވަނީ ރައީސް ޔާމީން އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން