ކިތަންމެ ބިރެއް ދެއްކިޔަސް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ފަހަތަށްޖެހިވަޑައި ނުގަންނަވާނޭކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި އޭނާ ވާހަކަ ދައްކަވަމުންދަނިކޮށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ހުރަސް އަޅުއްވައި، ޖެއްސުން ކުރުމުގެ އަމަލުތަކެއް ހިންގަވާފައި ވަނިކޮށެވެ. އެމްޑީޕީގެ މެންބަރުގެ މިއަމަލު ފެންނަ ވިޑިއޯ ހިއްސާކޮށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ފާޑު ކިޔަމުންނެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިތަންމެ ބިރެއް ދެއްކިޔަސް ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މަޖިލީހުގައި އެކަނި ހުންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް، ސާބިތުކަމާއެކު ހުންނަވާނޭކަމަށާއި، ފަހަތަށް ޖެހިވަޑައި ނުގަންނަވާނޭކަމަށް ޝަރީފް ވިދާޅުވިއެވެ.



އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި އާދަމް ޝަރީފް ވާހަކަ ދައްކަވަނިކޮށް ހަސަންޓޭ ވަނީ އާދަމް ޝަރީފްގެ މައިކް ކައިރިއަށް ވަޑައިގެން ޖެއްސުންކޮށް އަޑުގަދަ ކުރައްވައި އާދަމް ޝަރީފަށް ހުރަސް އަޅުއްވާފައެވެ. ނަމަވެސް އެކަމާއި ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް، ރައީސް ނަޝީދު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އަދި ހަސަންޓޭގެ އަމަލު ހުއްޓުވުމަށްވެސް ނާންގަވައެވެ. އޭގެބަދަލުގައި ފެނުނީ ހަސަންޓޭގެ އަމަލުތަކަށް ރައީސް ނަޝީދު ހިތްވަރު ދެއްވައި ހިނިފުޅުވަޑަވަމުންދިޔަ މަންޒަރެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ހަސަންޓޭއާއި ރައީސް ނަޝީދަށް ވެސް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން