ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ބޮޑުތަނުން ކާމިޔާބުކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ކުރިޔަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިން ނިންމާލުމަށް އެމްޑީޕީގެ މެންބަރުންނާއެކު އއ. ރަސްދުއަށް، ހުޅުމާލޭން ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.



އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީގެ މޭޔަރު ކަމާއި އެހެން ދާއިރާތަކުން 1،000 ގޮނޑި އެމްޑީޕީ ކާމިޔާބުކުރާނެ ކަމަށެވެ.



"މި އިންތިހާބުގައި 1،500 އެއްހާ ގޮނޑިއަށް އެބަ ކުރިމަތިލަން. އަޅުގަނޑަށް ޔަގީން ކަށަވަރު އޭގެ ތެރެއިން 1،000 ގޮނޑި ނަގާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.



ރައީސް ނަޝީދު ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ހުރިހާ ސިޓީތަކުގެ މޭޔަރުކަން އެމްޑީޕީ ކާމިޔާބުކުރާނެ ކަމަށެވެ.

"އައްޑު އިން ފެށިގެން އައިސް، ކުޅުދުއްފުއްޓަށް، ފުވަމުލަކާއި މާލެ މި ހަތަރު ސިޓީގެ މޭޔަރުކަން އިރާދަކުރެއްވިއްޔާ އެމްޑީޕީން ފަސޭހަކަމާ އެކު ބޮޑުތަނުން ނަގާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

އިންތިހާބުގެ ތެރޭގައި ބައެއް ފަހަރު މާޔޫސްކަން އިހުސާސް ވިޔަސް ފޯކަސް ގެއްލުވާ ނުލުމަށް ރައީސް ނަޝީދު ވަނީ އެމްޑީޕީ ކެނޑިޑޭޓުން ކިބައިން އެދިވަޑައިގެންފައެެވެ.



އެމްޑީޕީގެ ކެންޕޭނު ނިންމަން މިރޭ ބޮޑު ޖަލްސާއެއް އއ. ރަސްދޫ ފަޅުތެރޭގައި ބޭއްވުމަށް ވަނީ ނިއްމާފައެވެ. ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން