އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން، (އީސީ)ގެ އޮފިޝަލުން ރިސޯޓްތަކަށް ދިޔުމުން ބައެއް ރިސޯޓްތަކަށް އެރުމަށް ދެކޮޅު ހަދަމުންދާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެކޮމިޝަންގެ އޮފިޝަލުން ބައެއް ރިސޯޓްތަކަށް އަރުވަން ދެކޮޅު ހަދަމުންދާތީ ބައެއް ރިސޯޓްތަކަށް އެރިފައިނުވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ރިސޯޓްތަކަށް އަރުވަން ދެކޮޅު ހަދަނީ އެޗްްޕީއޭގެ ގައިޑްލައިންގައިވާ ގޮތަށް ފަސް ދުވަސްކުރިން ކޮމިޝަނުން ހުއްދަ ނަގާފައި ނުވާތީ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ.
އެހެން ނަމަވެސް ވޯޓު ފޮށިތައް ބަހައްޓަން އެއްވެސް ރިސޯޓަކަށްވެސް އަދި ރަށަކަށް ދާން ވެސް ހުއްދައެއް ހޯދަން އެޗްޕީއޭއިން އަންގައިފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންސާނާ ވެލާވަރު ރިސޯޓަށް އެ ކޮމިޝަންގެ އޮފިޝަލުން އެރުމުގެ ހުއްދަ ނުދިނުމުން އެ މީހުން ކައިރި ރަށަކަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ރިސޯޓުގައި ވޯޓުލާން ރަޖިސްޓަރީ ކޮށްފައިވާ 61 މީހުންނަށް ވޯޓުލުމުގެ ހައްގު ހޯދައި ދިނުމަށް މަސައްކަތް ކުރާ ކަމަށް އީސީ ޝަރީފް ވިދާޅުވި އެވެ. މި މައްސަލައިގައި ބައެއް ރިސޯޓްތަކާ އީސީން މިހާރު ވާހަކަ ދައްކަމުންދާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު