ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތުން 29 މިލިއަން ރުފިޔާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރި ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތުން 29 މިލިއަން ރުފިޔާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސިވިލް ކޯޓުގައި ދައުވާ ކުރީ ރިޔާސީ އިންތިޚާބު 2018 ގެ ކެމްޕެއިނަށް އޭނާ އަތުން ފަހުން އަނބުރާ ދައްކާގޮތަށް 29 މިލިއަން ރުފިޔާ ރައީސް މައުމޫން ހޯއްދެވި ކަމަށް ބުނެއެވެ. ޖާބިރު މީގެ ކުރިން ވިދާޅުވެފައިވަނީ އެ ފައިސާއާ ހަވާލުވެ ވަޑައިގަތީ ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކަމަށެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ރައީސް މައުމޫނާއި ދެކޮޅަށް ޖާބިރު ކުރާ އެ ދައުވާ ސާބިތުނުވާތީ، އެ ދައުވާގައި ހޯދަން އެދިފައިވާ ފައިސާ ދައްކަން މައުމޫންގެ މައްޗަށް އަންގާނެ ތަނެއް ނެތް ކަމަށެވެ.
އެ މައްސަލަ ޖާބިރުގެ ފަރާތުން މީގެ ކުރިން ފުލުހަށް ވަނީ ހުށައަޅާފައެވެ. އަދި ފަހުން ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ވަނީ ފައިސާއަށް ފާރިސް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް ފުލުހަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.
އެމައްސަލަ ފުލުހަށް ހުށައެޅުއްވުމަށްފަހު ފަހުން ޖާބިރު ވަނީ އެމައްސަލަ އަނބުރާ ގެންދަވާފައެވެ. އަދި ޖާބިރުގެ މަންމަގެ އެދިވަޑައިގަތުމަށް ރައީސް މައުމޫންގެ މައްސަލަ ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ މާފްކުރެއްވި ކަމަށް ވެސް ޖާބިރު މީގެ ކުރިން ވިދާޅުވެފައިވެއެވެ. ޖާބިރު އަތުން ރައީސް މައުމޫން ފައިސާ ނެންގެވި ކަމަށް ބުނާ ވާހަކަތަށް އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ދޮގުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު