ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް 498184 ވޯޓް ކަރުދާސް ޗާޕުކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ހޮނިހިރުދުވަހު ބާއްވާ އިންތިޚާބަށް 498184 ވޯޓް ކަރުދާސް ޗާޕުކޮށްފައިވާކަމަށާއި، ކަރުދާސް ޗާޕުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޗާޕްޚާނާއެއް ކަމުގައިވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުންކަމަށެވެ.
އިންތިޚާބަށް 498184 ވޯޓް ކަރުދާސް ޗާޕުކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމަށް 275860 ވޯޓު ކަރުދާހާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް 222324 ވޯޓު ކަރުދާސްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.
އިންތިޚާބުގެ އެންމެފަހުގެ ތައްޔާރީތައް ކުރިއަށްދާއިރު ރަށްރަށަށާއި، ރިސޯޓްތަކާއި ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ އޮފިޝަލުންނާއި ވޯޓު ފޮށްޓާއި ވޯޓް ކަރުދާސް މިހާރު ވަނީ ރަށްރަށަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު