ސަލާމަތީ ބާރުތަކުން މާލޭގައި މިއަދު ހިނގި ވަރުގަދަ އޮޕަރޭޝަނުގައި ފެނިފައިވަނީ ކުޅޭކުޅޭ ބަޑިއެއްކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ސަލާމަތީ ބާރުތަކުން މިއަދު ވަނީ މާވެޔޮ މަގާ އިންވެގެން އޮންނަ މުއިވެޔޮ މަގުގައި އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނަކީ ގެއެއްގައި ހަތިޔާރު ހުރިކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މިއޮޕަރޭޝަނުގައި އެމްއެންޑީއެފުން ހަރަކާތްތެރިވީ ފުލުހުން އެދިގެންކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.



އެމްއެންޑީއެފުން ބުނީ ފުލުހުންނާއި ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނުން ފެނުނީ ކުޅޭކުޅޭ ބަޑިއެއް ކަމަށެވެ.

މާލޭގައި ދޭތެރެދޭތެރެއިން މިފަދަ އޮޕަރޭޝަންތައް ހިންގައެވެ. ނަމަވެސް އެކަންކަމުގެ މާބޮޑު ތަފްސީލެއް އެމްއެންޑީއެފުން ހާމައެއް ނުކުރައްވައެވެ. އެންމެ ފަހުން މާލޭގައި މިފަދަ ހަތިޔާރާއި ބޮން ތަކެއް ހުރި ކަމަށް ޝައްކުވެގެން ސަލާމަތީ ބާރުތަކުން އެންމެ ވަރުގަދަ އޮޕަރޭޝަނެއް ހިންގީ ރައީސް ޔާމިން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮވައިގެން އުޅުނު ދުވަސްވަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން