ކަރަންޓީން ނުވެ ވޯޓުލާން ރަށްރަށަށް ދެވޭ އުސޫލެއް އާއްމުކޮށްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މަައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލުމަށް އެމީހަކު ރަޖިސްޓްރީ ވެފައިވާ ރަށަކަށް ކަރަންޓީން ނުވެ ދަތުރު ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފަައެވެ. ނަމަވެސް އެފަދަ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް އޮވެއެވެ. އެގޮތުން ވޯޓުލާ ސަރަހައްދު ފިޔަވައި ރަށުގެ އެހެން ތަންތަނަށް ނުދިއުމާއި، ހުރުމާއި ކެއުމުގެ އިންތިޒާމު އެހެން މީހުންނާއި ވަކިން ހަމަޖެއްސުން ހިމެނެއެވެ. އަދި މީހުންނާއި ބައްދަލު ކުުރުމާއި ގޭގެއަށް ޒިޔާރަތްކުރުން ވަނީ މަނާކޮށްފައެވެ.



މިއުސޫލުގެ ދަށުން ރަށްރަށް ދަތުރުކުރާ ފަރާތްތަކުން ވޯޓްލުމަށްފަހު 48 ގަޑިއިރުގެ ތެރޭގައި އެމީހަކު އައި ރަށަކަށް އެނބުރި ދާންޖެހޭނެއެވެ. އަދި ދަތުރު ފެށުމުގެ ކުރިން ވޯޓުލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް ދަތުރުކުރާ ތާރީހާއި ރަށުގައި މަޑުކުރާނެ މުއްދަތާއި ރަށުގައި ހުންނާނެ ތަނެއް އަންގަންޖެހެއެވެ.

ކޯވިޑްގެ ސަބަބުން އަހަރެއްހާ ދުވަހަށް ފަސްކޮށްފައިވާ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާ ތަކުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާއްވަނީ އެޗްޕީއޭގެ ޚާއްޞަ ގައިޑްލައިނަކާއި އެއްގޮތަށެވެ. މި އިންތިޚާބުގައި ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓު ލެވޭނީ އެހެން މީހުން ވޯޓުލައި ނިމުމުން ވަކި ގަޑިއެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން