ރައީސް އިބްރާހިމް މުހަންމަދު ސޯލިހް
ރައީސް އިބްރާހިމް މުހަންމަދު ސޯލިހް
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ނޫން އެހެން ކެންޑިޑޭޓަަކަށް ރައްޔިތުން ވޯޓް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ލޯކަލް ކައުންސިލް ކެންޕޭން ނިންމަން މިރޭ އއ. ރަސްދޫ ފަޅުތެރޭގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގައި ދެއްވި އިންޓަވިއެއްގައެވެ. ރައީސް ސޯލިހް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބަކީ މުހިންމު އިންތިޚާބެއް ކަމަށާއި އެމްޑީޕީގެ ކެންޑިޑޭޓުން ނޫން އެހެން ކެންޑިޑޭޓަަކަށް ރައްޔިތުން ވޯޓް ދޭންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް އެމަނިކުފާނު ދެކެވަޑައިނުގަންނަވާ ކަމަށެވެ. ތަރައްގީއަށް ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް ފެންނަން އެބަހުރި ކަމަށާއި، ކުރަން ރާވައިފައި ހުރި ކަންކަންވެސް ފެންނަން އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

"އެމްޑީޕީ އާއިގެން ހުރިހާ ރައްޔިތުން ކުރިއަށް ވަޑަައިގަންނަވާ، އިރާދަކުރެވިއްޔާ ރަނގަޅު ފަތިހަކަށް އަލިވިލެން މިދަނީ ރައްޔިތުން އެދޭ ކަންތައްތައް ރަށްރަށުން ރަށްފުށުން ފެނިގެންދާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީއަކީ އެހާލަތާއި އެއްގޮތަކަށް ކަންކަން ރާވައި އެގޮތަށް މަސައްކަތް ކުރަން ދަންނަ ޕާޓީއެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އޭރަކު އޮތް ކަނޑެއްގައި އިރާދަކުރެއްވިއްޔާ ދުއްވަން އެގޭނެ، އެގޮތަށް އިންތިޚާބު ކެމްޕޭން ނިއްމުމުގެ ރަސްމިއްޔާތު މިދަނީ އާދަޔާ ޚިލާފު ތަފާތު މަންޒަރެއް މިއަދު މި ފެންނަނީ." އެމްޑީޕީގެ އިސްލީޑަރު އަދި ރައީސް ސޯލިހް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްގެ ކެމްޕޭން ނިންމުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެވެ ވަޑައިގަންނަވާ މި ޖަލްސާ އޮންނާނީ އއ. ރަސްދޫ ފަޅުތެރޭގައި މިރޭ 8:30 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން