ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. ގޮއިދޫގައި އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، މި ޕްރޮޖެކްޓްގެ ދަށުން ރަށުގެ ޕާކްތަކާއި ޕިކްނިކް ސަރަހައްދަށް ދިޔުމަށް ބޭނުންކުރާ މައި މަގުގެ 2 ކިލޯ މީޓަރުގެ ސަރަހައްދެއްގައި 5އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ 50 ބައްތި ހަރުކޮށްފައިވާ ކަމަށެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މި މަޝްރޫޢުގެ ޕްރޮޕޯސަލް ކާމިޔާބުކުރި އިބްރާހިމް ނިޝާމް އަޙްމަދު ވިދާޅުވީ މީގެ ކުރިން އެ ސަރަހައްދުގައި އެއްވެސް ލައިޓެއް ނުހުންނަ ކަމަށާއި، މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައިވެސް މި ޕްރޮޖެކްޓް ނިންމާލެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ލައިޓު ޖެހުމުގެ އަމަލީ މަސައްކަތުގެ ހުރިހާ ކަމެއްވެސް ކޮށްފައިވަނީ ކަމުގެ ފަންނުވެރި ރަށުގެ ޒުވާނުންކަން ފާހަގަ ކުރަން. މިހާ ފުރިހަމަ ކަމާއެކު މި ޕްރޮޖެކްޓް ނިންމާލުމަށް ބީއެމްއެލުން ވެދެއްވި މާލީ އެހީތެރިކަމަށާއި އަދި ރަށުގެ ޒުވާނުންނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން." އޭނާ ވިދާޅުވިއެވެ.

'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިންވަނީ ހދ. ކުމުންދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށް، އަލަށް މީހުން އާބާދުވަމުންދާ ސަރަހައްދުގެ ބޮޑު މަގުގެ ބައްތިތައް ވެސް އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން