ގދ. އަތޮޅުން ގިނަ ރަށްތަކެއް ހިމެނޭހެން ރިސޯޓް ތަރައްޤީކުރަން ގިނަ ރަށްތަކެއް ސަރުކާރުން ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ފަތުރުވެރިކަން ތަރައްޤީކުރުމުގެ 2 ވަނަ މަރުހަލާގައި 23 ރަށެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިފަހަރު ހުޅުވާލި ރަަށްތަކުގެ ތެރޭގައި އެއް ފަޅެއްގައި އޮންނަ ރަށްތައް ހިމެނޭއިރު، އެރަށްތައް ލިބޭނީ އެކަކަށް ކަމަށްވެސް ވަނީ ނިންމާފައެވެ.

ރިސޯޓް ތަރައްޤީކުރަން ހުޅުވާލި ރަށްތައް:-

ހއ. ވެލިފިނޮޅު

ހއ. އަލިދުއްފަރުފިނޮޅު

ހދ. ކުޑަފަރުފަސްގަނޑު

މ. ސީދީހުރާ އާއި އެކު ސީދީހުރާ ވެލިގަނޑު

މ. މާއުސްފުށި

ތ. ކާއްޑޫ

ތ. ކަނިމީދޫ (އުތުރު ފަރާތުން) 10 ހެކްޓަރުގެ ބިން

ތ. އޮޅުފުށި، އިޅުފުށި ފިނޮޅާއި އެކު،

ލ. ކަށިދޫ

ލ. ބޮޑުމުންޏަފުށި

ލ. ދޮންބެރެހާ (ހޮޅުރަހާ އާއެކު)

ގއ. މާރެހާ

ގއ. ފުނަދޫވިލިގިއްޔާ

ގދ. ކަނޑަހަލަގަލާ

ގދ. ކަޑެވާރެހާ، ދިގުރެހާ އާއެކު،

ގދ. ފެރޭތަވިލިގިއްޔާއާއެކު ކްލަސްޓަރއެއްގެ ގޮތުގައި، ދެކާނބާ، ކޮޑެރަޓާ އަދި 2.97 ހެކްޓަރުގެ އިތުރު ރަށެއް

ޓޫރިޒަމް މިނިސްޓްރީން ބުނީ މިރަށްތަކަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، އަންނަ ޖޫންމަހުގެ 10 ވަނަ ދުވަހު 10:00އަށް މި މިނިސްޓްރީއަށް ބީލަން ހުށަހަޅަންވާނެ ކަމަށެވެ.

މިސަރުކާރުން މީގެ ކުރިން ވެސް ފަތުރުވެރިކަން ތަރައްގީ ކުރުމަށް ރަސްތަކެއް ހުޅުވާލިއެވެ. ނަމަވެސް އެރަށްތަކަށް އެކަށީގެން ތަރުހީބެއް ލިބިފައި ނުވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މީގެއިތުރުން ކައުންސިލް ތަކަށް ގާނޫނުން މިހާރު ލިބިދީފައިވާ އިހުތިސާސް ތަކުގެ ތެރެއިން ބައެއް ކައުންސިލް ތަކުން ވެސް ފަތުރުވެރިކަން ތަރައްގީ ކުރަން ބިން ދޫކުރަން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލުން ފަތުރުވެރިކަމަށް ދޫކުރި ބިންތަކެއް ވެސް ވަރަށް ފަހުން ވަނީ އެބިންތައް ލިބުނު ފަރާތްތަކަށް ހަވާލުވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން