ސްޓެލްކޯއިން ތަރައްގީ ކުރާ ޒަމާނީ އިންޖީނުގެއެއްގެ ބިންގާ އަޅަނީ
ސްޓެލްކޯއިން ތަރައްގީ ކުރާ ޒަމާނީ އިންޖީނުގެއެއްގެ ބިންގާ އަޅަނީ
މި ސަރުކާރުން އެކަނި 2 އަހަރުތެރޭގައި މާލެ ސަރަޙައްދުން ބޭރުގައި 180 މެގަވޮޓް ކަރަންޓު އިތުރަށް އުފެއްދުމުގެ ޤާބިލުކަން އިތުރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރޭ، އއ. ރަސްދޫގައި ބޭއްވި "ރަށްވެހި ފަތިސް" ލާމަރުކަޒީ ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ، ރާއްޖޭގެ ކަރަންޓުގެ ޚިދުމަތުގެ 72 އަހަރުގެ މާޒީގައި މިސަރުކާރު އައުމުގެ ކުރިން އަތޮޅުތަކުގައި ހުރީ 153 މެގަވޮޓާއި ހަމަޔަށް ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން އެކަނި 2 އަހަރުތެރޭގައި މާލެ ސަރަޙައްދުން ބޭރުގައި 180 މެގަވޮޓް ކަރަންޓު އިތުރަށް އުފެއްދުމުގެ ޤާބިލުކަން އިތުރުކޮށްފައި އޮތުމުން އެއީ ރައްޔިތުން ވިސްނާލަންޖެހޭ ކަމެއްކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވަނީ ރައްޔިތުންނަށް ޒަމާނުއްސުރެ ދިމާވަމުން އަންނަ ކަރަންޓުގެ ދަތިތައް ޙައްލު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތަފްޞީލުކޮށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، ރައީސް ވިދާޅުވީ އަލަށް ގެނައި 176 ޖަނަރޭޓަރުގެ އެހީއާއި، އަލަށް ވަޅުވި 402،303 މީޓަރުގެ ކޭބަލްގެ އެހީއާއި، ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުންދާ އިންޖީނުގެތަކުގެ އެހީ އަދި، އިއާދަކުރަނިވި ޙަކަތައިން ކަރަންޓު އުފެއްދުމުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓު ލިބޭނެކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.



މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ، އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ކޮންޓްރެކްޓް ފާމިންގެ މަސައްކަތަށް 487 ދަނޑުވެރިއަކާއެކު ސޮއިކޮށްފައިވާ ކަމަށެވެ. އަދި ޖުމްލަ 12 އަތޮޅެއްގެ 35 ރަށެއްގެ ދަނޑުވެރިން މި މަސައްކަތުގައި ޙަރަކާތްތެރިވަމުން އަންނަކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާއަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، ކަރަންޓާއި އެއްފަދައިން، މިއިން ޒަމާނަކު ނެތް ވަރަށް އައިސްޕްލާންޓް އަދި ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ މި ސަރުކާރުން އިތުރުކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި، މި ލަނޑުދަނޑި ހާސިލުވެ ނިމޭއިރު އިތުރު 525 ޓަނުގެ އައިސް އުފެއްދޭ އައިސް ޕްލާންޓް 20 ރަށެއްގައި އަލަށް ޤާއިމުކުރެވޭނެ ކަމަށާއި، އިތުރު 9،700 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަލަށް ޤާއިމުވެ ނިމޭނެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން