އެމްޑީޕީން ރަސްދޫގައި ބޭއްވި ރަށްވެހި ފަތިސް ކެމްޕެއިން ޖަލްސާއަށް ކުރީގެ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ރަސްދޫގައި ބޮޑު ޖަލްސާއެއް ބޭއްވިއިރު، އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، ދައުލަތުގެ އިސްވެރިންނާއި އެމްޑީޕީގެ ގިނަ އެކްޓިވިސްޓުންތަކެއް ބައިވެރިވިއެވެ.

ޖަލްސާއާ ގުޅޭގޮތުން ވާހަކަދައްކަމުން މަގާމުން ދުރުކުރި، ކުރީގެ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވީ ބޮޑު ޖަލްސާ ރަސްދޫގައި ބޭއްވިއިރު، ރަސްދޫއަށް އެއްވެސް ކަމެއް ކޮށްދޭނެކަން ޖަލްސާގައި ހާމަކޮށްފައިނުވާކަމަށެވެ. އަދި އެމްޑީޕީގެ ބޮޑު ޖަލްސާ ފްލޮޕްވެފައިވާކަމަށާއި، އެމްޑީޕީން އިންތިޚާބުގައި ކުރިމަތިލާންޖެހޭނީ ނާކާމިޔާބީއާކަމަށް މަލީހު ވިދާޅުވިއެވެ.

"ޖަލްސާ ރަސްދޫގަ. ރަސްދޫއަށް އެއްވެސް ކަމެއްނެތް. ރަސްދޫގެ ވާހަކައެއް ނެތް. ޖަލްސާ ބޮޑު ފުލޮޕަކަށް ވެގެން ނިންމާލީ. މާލެއިން މިފަހަރު ބޮޑު ނާކާމިޔާބީއެއް ވާނެތީ އެކޮޅަށް ދިޔައީ އެކޮޅުން ތޮޅިޔަށް. ޖަލްސާގައި ބެވީ ޑރ. މުއިއްޒަށް. މުއިއްޒު މާލެ ގޮނޑި ކާމިޔާބު ކުރާނެ. އިންޝާﷲ." މަލީހު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

އެމްޑީޕީން ރޭ ރަސްދޫގައި ބޭއްވި ޖަލްސާގައި ގިނަ ވައުދުތަކެއް ސަރުކާރުން ވަނީ ވެފައެވެ. އެގޮތުން އަތޮޅުތަކަށް ބޯހިޔާވަހިކަމުގެ 1.5 ބިލިއަން ރުފިޔާގެ ބަޖެޓަކާއި، ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ އިތުރުން، ތަރައްޤީގެ އެހެން ބައެއް މަޝްރޫޢުތަކުގެ ތަފްސީލް ހާމަކުރިއެވެ.

ރޭގެ ޖަލްސާއަށް ފުރާވަޑައިގަންނަވަމުން މީޑިއާއާ ވާހަކަ ދައްކަވަމުން ކޯލިޝަން ސަރުކާރުގެ ރައީސް ޞާލިހު ވިދާޅުވީ މި އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކު ނޫން އެހެން ކެންޑިޑޭޓަކަށް ވޯޓު ދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ސަރުކާރުގެ އިސް ބޭފުޅުން ފާހަގަ ކުރެއްވި ގޮތުގައި މިހާރު އޮތީ އެމްޑީޕީގެ ސަރުކާރެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން