ޔޫތު މިނިސްޓަރުކަމުން އަހުމަދު މަހްލޫފް މަގާމުން ވަކިކުރަން އުޅޭކަމަށް، ކުރިން މަހްލޫފާއެކު ގާތްގުޅުމެއް ބޭއްވެވި ޕީޕީއެމް ކައުންސިލް މެންބަރު ޒާހިދު ރަމީޒު ވިދާޅުވެއްޖެއެވެ.

ޒާހިދު ރަމީޒު މިހެން ވިދާޅުވީ، އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު ކުރެއްވި ޓްވީޓަކާއި ގުޅިގެނެވެ.

އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު ކުރެއްވި ޓްވީޓެއްގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރ އަދި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މުހައްމަދު އަޒްމީލަށް އިޝާރާތްކުރައްވައި ވިދާޅުވީ އޭނާއަކީ މުސްތަގްބަލުގައި ޔޫތު މިނިސްޓަރުކަމަށެވެ.



މަރިޔަމް ޒުބައިރުގެ މިޓްވީޓަށް ރައްދު ދެއްވަމުން ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ވިދާޅުވީ ‏އެމްޑީޕީން ކަތިލާ 5 ވަނަ ކަންބަޅި އަކަށް މިނިސްޓަރ މަހްލޫފް ހަދަން ރައްވެހިފަތިސް ކެމްޕޭން ނިންމުމުގެ ޖަލްސާއަށް ދިޔަ ދަތުރުމަތީގައި މަޝްވަރާ ކޮށްފައިވާކަމަށެވެ. އަދި ކައުންސިލް އިންތިހާބު ނިމުމުން އެކަން ބާރުސްޕީޑްގައި ކުރިއަށްދާނެކަމަށް ޒާހިދު ވިދާޅުވިއެވެ. މީގެއިތުރުން މަރިޔަމް ޒުބައިރުގެ ދަރިފުޅު، މީކާއިލަށް މަޖިލިސް ގޮނޑި ހޯދައިދޭން މަހްލޫފް ކުރި މަސައްކަތް ވެސް ހަނދާން ނެތިއްޖެކަމަށް ޒާހިދު ވިދާޅުވިއެވެ.



މިނިސްޓަރުކަމުން މަހްލޫފް ވަކިކުރާކަމުގެ ވާހަކަތައް ދެކެވެމުންދާއިރު ރަށްވެހިފަތިސް ކެމްޕެއިންގައި އޭނާގެ ހަރަކާތްތައް ފާހަގަ ކުރެވޭ ވަރަކަށް ނުފެނެއެވެ. އެމްޑީޕީގެ ވަޒީރުންގެ ތެރެއިން ކެމްޕެއިންނާ އެންމެ ދުރުކޮށް އުޅުއްވަނީ މަހްލޫފްކަމަށް އެމްޑީޕީގެ ސަޕޯޓަރުން ވެސް ފާހަގަކުރެއެވެ.

މި ސަރުކާރު ވެރިކަމަށް އައިސް މަހުލޫފް ވަޒީފާގެ ޒިންމާ ތަކުން އެކަހެރިކޮށްފައި ވެސް ބެހެއްޓިއެވެ. އެކަމަކު އެފަހަރު މަހުލޫފު ގޭގައި ބެހެއްޓީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ބުނާ މީހުން ހިމެނޭ ލިސްޓުގައި އޭނާގެ ނަން އޮވެގެންނެވެ. ނަމަވެސް ދުވަސްކޮޅަކު ގޭގައި ބަހައްޓާ ލުމަށްފަހު ކޮންވެސް ގޮތަކުން އެކަން "ސާފުކޮށްގެން" މަހުލޫފް ވަނީ އަލުން ވަޒީފާއަށް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން