ދ.މީދޫ
ދ.މީދޫ
ކޯވިޑް ކޭސްތަކެއް ފެނިގެން މޮނިޓަރިންގ ހާލަތަށް ގެނައި ދ. ކުޑަހުވަދޫއާއި ދ. މީދޫގެ މޮނިޓަރިންގެ ހާލަތު އުވާލައިފިއެވެ.

އެޗްޕީއޭ އިން ބުނީ ދ. ކުޑަހުވަދޫއާއި ދ. މީދޫގެ މޮނިޓަރިންގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ބަލާފައިވާއިރު، އެދެރަށުގެ މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭނެ ސަބަބެއް ނެތް ކަމަށެވެ. މޮނިޓަރިންގ ހާލަތު އުވާލައި، އާއްމު ހާލަތަށް ގެނައިނަމަވެސް 2 ރަށުގައި ރެންޑަމް ސާމްޕަލް ނެގުން ކުރިއަށްދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން ކުޑަހުވަދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. އަދި މީދޫ މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

ކުޑަހުވަދޫއިން ކޯވިޑް، ފުރަތަމަ ފެނުނީ ކުޑަހުވަދޫ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއްގެ ފަރާތުންނެވެ. އޭގެފަހުން އެރަށުން ނެގި ބައެއް ރެންޑަމް ސާމްޕަލްތައްވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި މީދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ ކުޑަހުވަދޫއަށް ދަތުރުކުރި މީހަކު ޕޮޒިޓިވްވުމުންނެވެ. އޭގެފަހުން އެރަށުގައި ކަރަންޓީނުގައި ތިބި 2 މީހަކުވެސް ޕޮޒިޓިވްވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން