މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވ. ތިނަދޫ އާއި މ. ރަތްމަންދޫގައި ވޯޓްލާ ގަޑި ފަސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އެ ދެ ރަށުގައި ވޯޓްލުން އޮންނާނީ މާދަމާ ހެނދުނު 8:30 އިން 5:00 އަށް ކަމަށެވެ. އެހެން ރަށްރަށުގައި ވޯޓްލުން އޮންނާނީ ހެނދުނު 7:00 އިން ހަވީރު 5:00 އަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ. އީސީން ބުނީ އެ ދެ ރަށުގައި ވޯޓްލާ ގަޑި ފަސް ކުރަން ޖެހުނީ އެހެން ރަށްރަށުން އެ ދެރަށަށް އޮފިޝަލުން ފޮނުވަން ޖެހޭތީ ކަމަށެވެ.

ކޮވިޑުގެ ސަބަބުން އޮފިޝަލުން ހޯދުމަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. ނަމަވެސް މާލެއިން ރަށްރަށަށް އޮފިޝަލުން ފޮނުވައިގެން ނަމަވެސް ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން