ރިޔާސީ އިންތިޚާބެއްގައި ވޯޓް ގުނަނީ; މާދަމާ ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނެ.
ރިޔާސީ އިންތިޚާބެއްގައި ވޯޓް ގުނަނީ; މާދަމާ ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ކުރަމުން އައި ކެމްޕެއިން ނިންމާލައިފި އެވެ.

އިންތިހާބާ ބެހޭ ގާނޫނުގައި ބުނެފައިވަނީ އިންތިހާބު އޮންނަ ދުވަހުގެ ކުރީ ދުވަހު އިރުއޮއްސި ހައެއް ޖެހުމާއެކު ކެންޕެއިން ކުރުން މަނާވާނެ ކަމަށެވެ. މަނާ ވަގުތު ކެންޕެއިންގެ އެއްވެސް ކަމެއް ކުރުމަކީ ގާނޫނީ ކުށެއް ކަމަށް އިންތިޚާބާއި ބެހޭ ގާނޫނުގައި ބުނެފައިވެއެވެ. ހައެއް ޖެހުމާއެކު އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ އިންތިހާބުގެ ކެންޕެއިން "ބަންދު" ވެފައިވާކަން އާންމުކޮށް އަންގައި އިއުލާނު ކޮށްފައެވެ.



އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓުވީޓެއްގައި ހުރިހާ ކެންޑިޑޭޓުންވެސް އަދި ސިޔާސީ ޕާޓީތަކުންވެސް ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރައްވާފައިވެއެވެ. އަދި މާދަމާ އޮންނަ އިންތިހާބު ސުލްހަވެރިކަމާއިއެކު ކުރިއަށް ގެންދިއުމަށް ހުރިހާ ޕާޓީތަކާއި ކެންޑިޑޭޓުން އަދި އާންމު ރަައްޔިތުންގެ އެހީތެރިކަމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.



ޝަރީފް ވަނީ ކެންޕެއިން ހަރަކާތެއް ހިނގާނަމަ އެކަމުގެ ޝަކުވާ ކޮމިޝަނަށް ހުށައެޅުމަށް އެދިވަޑައިގެންފައެވެ. އަދި ހުށައަޅާ ޝަކުވާތައް ބަލާ ކޮމިޝަނުން ޖަވާބުދެމުންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މާދަމާގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ ޖުމްލަ 1912 މެންބަރުންނެވެ. އަތޮޅު ކައުންސިލަރުންގެ ގޮތުގައި 18 މެންބަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮތުގައި 178 މެންބަރުންނާއި ރަށު ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި 370 ގޮނޑި އަދި ދެ ޖިންސަށް ހާއްސަ 370 ގޮނޑިއަށް މެންބަރުން އިންތިހާބު ކުރާނެ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އިންތިޚާބުގެ ވޯޓްލުން އޮންނާނީ ހެނދުނު 7:00 އިން ހަވީރު 5:00 އަށް ކަމަށެވެ. މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވ. ތިނަދޫއާއި މ. ރަތްމަންދޫގައި ވޯޓްލާ ގަޑި ވަނީ ފަސްކޮށްފައެވެ. އިލެކްޝަން ކޮމިޝަނުން ބުނީ އެ ދެ ރަށުގައި ވޯޓްލުން އޮންނާނީ މާދަމާ ހެނދުނު 8:30 އިން 5:00 އަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން