ތ. ވިލުފުށީގައި ވޯޓުލުން ފެށޭނީ އޮފިޝަލުންނަށް އެރަށަށް ދެވުނީމާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މާދަމާ އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލުމަށް އެރަށުގައި 2 ފޮށި ބަހައްޓާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2 ފޮށީގެ ވެސް ގިނަ އޮފިޝަލުން ކަރަންޓީންވާންޖެހި އެ ރަށުން އިތުރު އޮފިޝަލުން ނުލިބުމާއި ގުޅިގެން މާލެއިން އެރަށަށް އޮފިޝަލުން ގެންދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ރަށުގައި ވޯޓުލުން ފެށޭނީ މާލެއިން ދާ އޮފިޝަލުންނަށް އެރަށަށް ދެވުމުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"އޮފިޝަލުން ޕީސީއާރު ޓެސްޓް ހަދަނީ، މާލެއިން ފުރޭވަރުވާނީ ފަތިހު 5 ޖަހާއިރު، 9 ޖަހާއިރު ވޯޓް ފެށޭތޯ މިބަލަނީ." އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ

އިލެކްޝަންސް ކޮމިޝަނުން ބުނީ މާދަމާ ހެނދުނު 07:00 އިން ފެށިގެން ހަވީރު 17:00 އާ ހަމަޔަށް ވޯޓުލުން ކުރިޔަށް ދާނެ ކަމަށެވެ. އަދި އައިސޮލޭޝަނާއި ކަރަންޓީނުގައި ތިބި ފަރާތްތަކުން ވޯޓުލުމަށް ހާއްސަކުރެވިފައިވަނީ ހަވީރު 17:00 އިން އިރުއޮއްސި 18:00 އާ ހަމަޔަށް ކަމަށް ވެސް އެކޮމިޝަނުން ބުނެއެވެ. އެހެން ނަމަވެސް ވިލުފުށީގައި ވޯޓުލުން ކުރިޔަށްދާ ގަޑިތަކަށް ބަދަލު އަންނާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން