ކުރީގެ ސައިންސް އެންޑް ކޮމިއުނިކޭޝަންސް މިނިސްޓަރު މުހަންމަދު މަލީހު ޖަމާލް
ކުރީގެ ސައިންސް އެންޑް ކޮމިއުނިކޭޝަންސް މިނިސްޓަރު މުހަންމަދު މަލީހު ޖަމާލް
މިއަދު ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލާ މަރްކަޒުތަކުގެ އިންތިޒާމުތައް ވަރަށް ދަށް ކަމަށް ވިދާޅުވެ ކުރީގެ ސައިންސް އެންޑް ކޮމިއުނިކޭޝަންސް މިނިސްޓަރު މުހަންމަދު މަލީހު ޖަމާލް އިލެކްޝަން ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިއަދު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާއިރު، ހެނދުނު 7:00 ޖެހިއިރު ވަނީ ވޯޓްލުން ފަށާފައެވެ. އިންތިޚާބުގައި ވޯޓުލެއްވުމަށްފަހު ކުރީގެ މިނިސްޓަރު މުހަންމަދު މަލީހް ޖަމާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިލެކްޝަން ކޮމިޝަން ފެއިލް ވެއްޖެ ކަމަށެވެ. އަދި މިހާ "ދުއްތުރާ" ވާގޮތަށް އިންތިހާބު ނުބާއްވާން މަލީހް ވަނީ ގޮވާލައްވާފައެވެ.

"ފުއާދު މެންނަކަށް މިކަމެއް ނުވާނެ،" މަލީހް ވިދާޅުވިއެެވެ.

މަލީހް ވިދާޅުވީ އެމްޑީޕީ އެކްޓިވިސްޓުން އިލެކްޝަންސް ކޮމިޝަންފަދަ ކޮމިޝަންތަކަށް ލައިގެން ވަނީ ފެއިލް ކަމަށެވެ. ކުރިން ހުރިހާ އިންތިހާބެއްގައި ވެސް ކަންކަންދިޔައީ ވަރަށް ފަސޭހަކޮށް ކަމަށް މަލީހް ވިދާޅުވިއެވެ. ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު 7:00 ޖެހިއިރުއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގެ ވޯޓްލުން ހެނދުނު 7:00 އިން ފެށިގެން ހަވީރު 6:00 އާއި ހަމައަށް ކުރިއަށްދާނެ ކަމަށެވެ. ކޮމިޝަނުން ބުނީ އަދި މިހާތަނަށް ވޯޓުލާން ފަށާފައިވަނީ 513 ފޮއްޓެއްގައި ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 713 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން