ކޮވިޑް-19 ގެ ފަރުވާއަށް ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެ ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އެހެން ތުހުމަތެއް ކުރުމަށްފަހު، މައްސަލަ ތަހުގީގުކޮށް ދައުވާކުރަން ފޮނުވުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަންގައިފިއެވެ.

ފީޖީ އޮފީހުން ބުނީ އެ އޮފީހުގެ އިރުޝާދާ އެއްގޮތަށް މި މައްސަލައިގެ ތަހުގީގު އޭސީސީން ކުރިއަށް ގެންދަވާ ކަމަށާއި، ތަހުގީގު ހިނގަމުންދާތީ މިވަގުތު އިތުރު ކަމެއް ހާމަ ކުރެވެން ނެތް ކަމަށެވެ. އެހެންނަމަވެސް، އެހެން ތުހުމަތެއް އިއްވުމަށްފަހު އެ ތުހުމަތުގެ މައްޗަށް ތަހުގީގު ކުރިއަށް ގެންދިއުމަށް އަންގަވާފައިވާނެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.

ދިވެހި ސަރުކާރުން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އޭގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. އެއްބަސްވުމުގެ ދަށުން އަދިވެސް 60 ވެންޓިލޭޓަރު ފޮނުވަން ޖެހެއެވެ. އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ސަރުކާރުން ވަނީ އެޑްވާންސްކޮށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ.

ރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ސަރުކާރުން ދިން ފައިސާ އަނބުރާ ހޯދުމަށް ދިވެހި ސަރުކާރުން މިހާރު ވަނީ އާބިޓްރޭޝަނަށް ދިޔުމަށް ނިއްމާފައެވެ. ނަމަވެސް އަދި އެކަން ކުރަން މަސައްކަތް ކުރެވިފައިވަނީ ކިހާ ވަރަކަށް ކަމެއް ސާފެއް ނުވެއެވެ. ބައެއް ގާނޫނީ އިލްމުވެރިން ވިދާޅުވަނީ ބަދަލު ހޯދުމުގެ ނަމުގައި "ދަމާކަނޑާ" ކުންފުންޏެއް ގޮވައިގެން އާބިޓްރޭޝަނަށް ދިއުމުން އަނެއްކާވެސް އެތައް ބައިވަރު ފައިސާތަކެއް ދައުލަތުން ޚަރަދު ވުން ނޫން ނަތީޖާއެއް ނުނުކުންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން