މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްގެ އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމަށް އިދިކޮޅު ޕްރޮފްރެސިވް ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މަޑަވެލި ދާއިރާ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ސަރުކާރުގެ އެކި ވެރިން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވޯޓްލާ މަރުކަޒުތައް ކައިރީ ހަރަކާތްތެރިވެ ވަޑައިގަންނަވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރައީސް ޞާލިހުވެސް ވޯޓްލެއްވުމަށްފަހު މީޑިއާއަށް ދެއްވި އިންޓަވިއުގައި ކެމްޕެއިން ކުރައްވާފައިވާކަމަށްވެސް އިދިކޮޅުން ތަހުމަތުކުރިއެވެ.

މުއާޒް ދެއްކެވި ވާހަކައިގައި ސީދާ ގޮތުންނާއި ނުސީދާގޮތުންވެސް އެމްޑީޕީން ކެމްޕެއިންކުރަމުންދާކަމަށް ވިދާޅުވިއެވެ. މިގޮތުން ވަކި ކުލަތަކެއްގެ ޓީޝާޓް ލައިގެން ވޯޓުލާން ދިއުމާއި، މިނޫންވެސް ގިނަ ކަންތައްތަކެއް ހިންގާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިންތިޚާބަށް ނުފޫޒު ފޯރުވަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާއިރު، ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ދަނީ އެކަން ފާހަގަކުރަމުންނެވެ. މިގޮތުން ވޯޓްލާ މަރުކަޒުތައް ކައިރިއަށް ރައީސް ނަޝީދު ވަޑައިގެން ހަރަކާތްތެރިވުމަކީ ޤާނޫނާއި ޚިލާފްކަމެއްކަމަށް އެކި ފަރާތްތަކުން ބުނަމުންނެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން މިއީ އެމްޑީޕީއަށް އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިލާންޖެހޭނެތީ ގޮތްހުސްވެގެން ކުރަމުންދާ ކަންތައްތަކެކެވެ. އަދި މިއީ ހަމަނުޖެހުން އުފެއްދުމަށް ކުރާ ކަންތައްތަކެއް ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން