އެމެރިކާގެ ވަރުގަދަ އަސްކަރީ މަނަވަރެއް ހުއްދަ ނުހޯދައި، ރާއްޖެއާއި އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަނތް މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިސައިލް ނައްތާލުމުގެ ގާބިލްކަން ލިބިފައިވާ "ޔޫއެސްއެސް ޖޯން ޕޯލް ޖޯންސް" ރާއްޖެއާއި އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.



މިކަމާ ގުޅިގެން އެމެރިކާގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ކަނޑުގެ ސަރަހައްދަށް މަނަވްރު ވަދެފައިވަނީ ސިފައިންގެ ފްރީޑަމް އޮފް ނެވިގޭޝަންގެ ދަށުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ހުއްދަ ނެތި ވަދެފައި ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ލިބޭ އިހްތިޔާރެއްގެ ތެރެއިން ކަމަށް އެމެރިކާއިން  ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިއާގެ އިހުތިސާސްގެ ދަށުގައި އޮންނަ މަލިކުގެ ކަނޑުގެ ސަރަހައްދަށް އެ މަނަވަރު ވަދެފައިވާތީ އިންޑިއާ އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ހުއްދަ ނެތިި ވަނުމަކީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާ ޚިލާފަށް އެމެރިިކާއިން ކުރި ކަމެއް ކަމަށާއި އެކަމުގެ ކަންބޮޑުވުންތައް އެމެރިކާ ސަރުކާރާ މިހާރު ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އަދި އެ އުޅަނދުގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.



ބައިނަލްއަގްވާމީ ގާނޫނުތަކުގައި ކޮންމެ ގައުމެއްގެ ވެސް އައްސޭރި ފަށުން ފެށިގެން 200 މޭލުގެ ކަނޑުގެ ސަރަހައްދަކީ އެ ގައުމެއްގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ކަމަށް ވަނީ ކަނޑައަޅާފައެވެ. އެ ސަރަހައްދުން އިގްތިސާދީ ފައިދާ ހޯދުމުގެ ބާރު އެ ގައުމަކަށް ލިބިދޭއިރު އެފަދަ ސަރަހައްދަކަށް އެ ގައުމެއްގެ ހުއްދަ ނެތި ވަނުން ވެެސް އޮންނަނީ މަނާކޮށްފައެެވެ.

އެމެރިކާގެ ވަރުގަދަ އަސްކަރީ މަނަވަރެއް ހުއްދަ ނުހޯދައި، ރާއްޖެއާއި އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަނތް މައްސަލައިގައި ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން