މާލޭ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓް އަނަސް އަބްދުއްސަތާރު ބަލި ގަބޫލު ކުރައްވައި މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ޖެނެރަލް ސެކެޓްރީ އަނަސް އަބުދުއްސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ބޭއްވި އިންތިޚާބުގައި މާލޭ މީހުން ބަސް ބުނެފި ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވައި އަނަސް ވަނީ ޑރ.މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ.
އަނަސް ވިދާޅުވީ މިރޭގެ ނަތީޖާއަށް ބަލައި މާލެއިން ކާމިޔާބު ހޯދުމަށް އެމްޑީޕީ އަލުން މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އަނަސް ކުރެއްވި ޓުވީޓްގައި އޭނާއަށް ވޯޓުދެއްވި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައި ވެއެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން މުއިއްޒަށް 9300 އަށް ވުރެ ގިނަ ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އަނަސް އަށް ލިބިވަޑައިގަތީ 5500 ވަރަކަށް ވޯޓެވެ. މިއީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަރުން އިންތިހާބުކުރަން ފެށިތާ 10 އަހަރުގެ ތެރޭގައި މާލޭގެ މޭޔަރުކަން، ޕީޕީއެމްގެ ބޭފުޅަކަށް ލިބިވަޑައިގަތް ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މޭޔަރު ކަމުގެ އިތުރު މާލޭގެ ގޮނޑިތަކެއް އިދިކޮޅު ޕީޕިއެމުން ވަނީ ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު