އައްޑޫ ސިޓީގެ މޭޔަރު ކަން ކާމިޔާބު ކުރި އަލީ ނިޒާރު.
އައްޑޫ ސިޓީގެ މޭޔަރު ކަން ކާމިޔާބު ކުރި އަލީ ނިޒާރު.
ހޮނިހިރު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުން އައްޑޫ ސިޓީ ކައުންސިލްގެ ސުޕަރ މެޖޯރިޓީ ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ގެއްލިއްޖެއެވެ.

ލޯކަލް ކައުންސިލްގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން އެމްޑީޕީ އަށް ކާމިޔާބުކުރެވުނީ ހަތް ގޮނޑިއެވެ. މިއީ ލޯކަލް ކައުންސިލް އިންތިހާބުގެ ތާރީހުގައި އައްޑޫ ސިޓީ ކައުންސިލްގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ.

މިގޮތުން މިހާތަނަށް ނަތީޖާ ލިބިފައިވާ ގޮތަށް ބަލާއިރު އައްޑޫ ސިޓީގެ މޭޔަރު ކަން 1257 ވޯޓާއެކު ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި އަލީ ނިޒާރެވެ. މޭޔަރު ކަމުގެ އިތުރުން އެމްޑީޕީއަށް ކާމިޔާބުކުރެވުނީ ހިތަދޫއިން ހަތަރު ގޮނޑިއާއި، ހުޅުދޫ އަދި މަރަދޫ ފޭދޫ ދާއިރާގެ ގޮނޑިއެވެ.

އައްޑޫ ސިޓީގެ މީދޫ ދާއިރާ އަދި ފޭދޫ ދާއިރާގެ ދެގޮނޑި ކާމިޔާބު ކުރީ އިދިކޮޅު ޕީޕީއެމުންނެވެ. ބާކީ ތިން ގޮނޑި ކަމަށްވާ، ހިތަދޫގެ ދެގޮނޑި އަދި މަރަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ތިން ކެންޑިޑޭޓުންނެވެ.



ކިޔުންތެރިންގެ ހިޔާލު