ދޮންމީހުން އުޅޭހެން "ރާކޮޅެއް ބޮއިލައިގެން" އުޅެން ދިވެހީން ބޭނުން ނުވާ ކަމަށް ވިދާޅުވެ ޝައިޚް އަލީ ޒައިދު އެމްޑީޕީއަށް ނުސީދާ ރައްދެއް ދެއްވައިފިއެވެ.

ގަބޫލުކުރެވޭ ގޮތުގައި ޝައިޚް ޒައިދު މިފަދަ ނުސީދާ ރައްދެއް އެމްޑީޕީއަށް މިދެއްވީ ހޮނިހިރު ދުވަހު ނިމިގެން ދިޔަ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގައި އެމްޑީޕީއާއި އެޕާޓީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވި ފަދަ ބޮޑު ކާމިޔާބެއް ނުލިބުމުން އެކަމަށް އިޝާރާތް ކުރަށްވައެވެ.

އެމްޑީޕީން އެންމެ ވަރުގަދައަށް ކެމްޕޭންކޮށް ގަދަ ބަސް ބުނަމުން ދިޔައީ މާލެ ސިޓީގެ މޭޔަރުގެ ގޮނޑިއާއި މާލެސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެޕާޓީން ފަސޭހަކަމާއެކު ކާމިޔާބު ކުރާނެކަން ޔަގީންވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ލިބިފައިވާ ނަތީޖާ ތަކުން ދައްކާ ގޮތުގައި މާލޭގެ މޭޔަރުކަން ބޮޑު ތަފާތަކުން ކާމިޔާބު ކުރަށްވާފައި ވަނީ ޕީޕީއެމްގެ ކެންޑެޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. މީގެއިތުރުން މާލެ ސިޓީ ކައުންސިލްގެ ގިނަ ގޮނޑިތަކެއް އެމްޑީޕީއަށް ވަނީ ގެއްލިފައެވެ.



"ދޮންމީހުން އުޅޭހެން ރާކޮޅެއް ބޮއިލައިގެން އުޅޭކަން ދިވެހީން ބޭނުމެއް ނުވޭ އިނގޭތޯ!" ޒައިދު މިރޭ ވިދާޅުވެފައި ވެއެވެ.

ޒައިދު އިތުރަށް ވިދާޅުވީ މިހާރު ހުންނާނީ އެއަޑު އިވިވަޑައިގެންފައި ކަމަށް ބެލެވޭ ކަމަށެވެ. ޒައިދުގެ މިވާހަކަތަކަށް ބާރުދިނުމުގެ ގޮތުން ދީނީ ޢީލްމްވެރިޔާ ޑރ، އިޔާޒުވެސް ވަނީ އެކަމަށް ހަމްދު ކުރަށްވާކަމަށް ހާމަކުރަށްވާފައެވެ.

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ހާހަކަށްވުރެ ގިނަ ގޮނޑި އެމްޑީޕީން ނަގާނެ ކަމަށް ވެސް އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިހާތަނަށް ލިބިފައިވާ ނަތީޖާ ތަކަށް ބަލާއިރު އެމިންވަރާއި ގާތަށް ވެސް އެމްޑީޕީއަށް ގޮނޑި ލިބޭނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް އެމްޑީޕީން ވަނީ މާލެ ސިޓީ ފިޔަވައި އަނެއް ތިން ސިޓީގެ މޭޔަރުކަން ކާމިޔާބު ކޮށްފައެވެ. މާލެ ސިޓީއާއި އައްޑޫ ސިޓީގައި އޮތް އެމްޑީޕީގެ ސުޕަރ މެޖޯރިޓީ ވެސް މިފަހަރު ވަނީ ގެއްލިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން