އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ބޮޑެތި ސިޓީތަކުން ނާކާމިޔާބުވުމުގައި އެމްޑީޕީގެ އެތެރޭގެ މައްސަލަތަށް ހިމެނޭ ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް އަބަދުވެސް ބޮޑު ތާއީދެއް ލިބެމުންއައި މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވަނީ ގެއްލިފައެވެ. އަދި އައްޑޫ ކައުންސިލްގެ މެޖޯރިޓީވެސް އެމްޑީޕީއަށް ވަނީ ގެއްލިފައެވެ.
މިއީ ފަހުގެ ތާރީހެއްގައި އެމްޑިޕީއަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީއެވެ. އެހެން ނަމަވެސް އިންތިހާބުގެ ޖުމްލަ ގޮނޑިތަކަށް ބަލާއިރު ގިނަ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީން ކަމަށް ވަގުތީ ނަތީޖާ އިން ދައްކައެވެ.
އެމްޑީޕީން ގަބޫލުކުރާ މިނާކާމިޔާބީއާއި ގުޅިގެން އިކޮންމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ޕާޓީތެރޭގައި ރެނދުތައް ލުމަކީ އިންތިހާބުގެ ނަތީޖާ އެގޮތަށް ފެންނަން މެދުވެރިވި އެއް ސަބަބު ކަމަށެވެ. އަދި އޭގެއިތުރަށް ސަރުކާރުގައި އޮވެ، ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަންޖެހުންވެސް ބޮޑެތި ސިޓީތަކުން ބަލިވި ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެެވެ. ފައްޔާޒު ވިދާޅުވީ މިކަންކަން އިސްލާހުކޮށް ފިލާވަޅު ދަސްކޮށްގެން ކުރިއަށް އޮތްތަނުގައި އެއަށްވުރެ ރަނގަޅު ކުރާނެ ކަމަށެވެ.
މިފަހުން އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑެތި ހިޔާލު ތަފާތުވުންތައް އުފެދިފައިވެއެވެ. އެގޮތުން އެމްޑީޕީގެ ރައީސް، ރައީސް ނަޝީދާއި، މިނިސްޓަރ ފައްޔާޒާ ދެބޭފުޅުންގެ ދެމެދުގައި ހިޔާލު ތަފާތުވުންތައް ބޮޑުވެ، ބަހުގެ ހަމަލާ ތަށް ވެސް ރައްދު ކޮށްފައިވެއެވެ. އަދި މިކަންކަމާއި ގުޅިގެން ރައީސް ނަޝީދު ހިތްޕުޅު ހަމަނުޖެހި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒު ކުރަށްވާފައި ވެއެވެ.
އެގޮތުން ސަރުކާރުގެ ތެރެއިން ހިނގާފައިވާ ބޮޑެތި ކޮރަޕްޝަން ތަކުގެ ތުހުމަތުތައް، ރައީސް ނަޝީދު ސީދާ ސަރުކާރާ ގުޅުވާފައި ވެއެވެ. އެގޮތުން މިއީ ވައްކަން ކުރާ ސަރުކާރެއް ކަމަށް ވިދާޅުވެ އެފަދަ ސަރުކާރެއްގައި އެމްޑީޕީން އޮންނަން ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. މީގެއިތުރުން މާލެއިން އެމްޑީޕީގެ މެޖޯރިޓީ ގެެއްލުމުގައި ވޭތުވެދިޔަ ދުވަސްތަކުގައި މާލޭގެ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށް ނުދެވުން ހިމެނޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

A sound victory for multi party democracy. A colossal loss for us in Greater Male. Combination of factors-being in gov, Covid measures and inevitable dissatisfaction,high expectations, internal fractures all inevitably led to this moment.We will learn from this and do better IA
— Fayyaz Ismail (@faya_i) April 11, 2021
މިފަހުން އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑެތި ހިޔާލު ތަފާތުވުންތައް އުފެދިފައިވެއެވެ. އެގޮތުން އެމްޑީޕީގެ ރައީސް، ރައީސް ނަޝީދާއި، މިނިސްޓަރ ފައްޔާޒާ ދެބޭފުޅުންގެ ދެމެދުގައި ހިޔާލު ތަފާތުވުންތައް ބޮޑުވެ، ބަހުގެ ހަމަލާ ތަށް ވެސް ރައްދު ކޮށްފައިވެއެވެ. އަދި މިކަންކަމާއި ގުޅިގެން ރައީސް ނަޝީދު ހިތްޕުޅު ހަމަނުޖެހި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒު ކުރަށްވާފައި ވެއެވެ.
އެގޮތުން ސަރުކާރުގެ ތެރެއިން ހިނގާފައިވާ ބޮޑެތި ކޮރަޕްޝަން ތަކުގެ ތުހުމަތުތައް، ރައީސް ނަޝީދު ސީދާ ސަރުކާރާ ގުޅުވާފައި ވެއެވެ. އެގޮތުން މިއީ ވައްކަން ކުރާ ސަރުކާރެއް ކަމަށް ވިދާޅުވެ އެފަދަ ސަރުކާރެއްގައި އެމްޑީޕީން އޮންނަން ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. މީގެއިތުރުން މާލެއިން އެމްޑީޕީގެ މެޖޯރިޓީ ގެެއްލުމުގައި ވޭތުވެދިޔަ ދުވަސްތަކުގައި މާލޭގެ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށް ނުދެވުން ހިމެނޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު