އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް ކުރިމަތިވި ތާރީޚީ ބޮޑު ބަލީގެ ފަހަތުގައި ގިނަ ސަބަބުތަކެއް އެބަހުރިކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.



ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ކުރިމަތިވި ބައްޔާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެޕާޓީއަށް ފާޑުކިޔަމުންނެވެ. މިގޮތުން މަލީހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމްޑީޕީގެ ތާރީޚީ ބޮޑު ބަލިވުމުގެ ސަބަބުތައް ވަރަށް ގިނަކަމަށެވެ. އެގޮތުން އެންމެ ބޮޑު ސަބަބަކީ ވެރިކަމަށް އަންނަން ދައްކާ ވާހަކަޔާއި ވެރިކަމަށް އާދެވުނީމަ ކަންކުރާ ގޮތާ ހުރި ފަރަގުގެ ބޮޑުކަންކަމަށް މަލީހު ވިދާޅުވިއެވެ. އަދި ވެރިކަމުގައި ތިބޭއިރު ދައްކަން ޖެހޭ އަޚުލާޤީ، ސުލޫކީ މާތް ސިފަ ނުދެއްކުމާއި ދީނަށް ކުރާ ފުރައްސާރައަކީ އިންތިޚާބުން ބަލިވުމުގެ މައިގަނޑު ސަބަބުތައްކަމަށް މަލީހު ވިދާޅުވިއެވެ.



ރާއްޖޭގައި އިއްޔެ ބޭއްވި ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވާއިރު، އޭގެތެރޭގައި ގިނަ ސަބަބުތަކެއް އެބަހުރިކަމަށް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުންވެސް ދަނީ ވިދާޅުވަމުންނެވެ. އެގޮތުން އިކޮންމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ޕާޓީތެރޭގައި ރެނދުތައްލުމަކީ އިންތިހާބުގެ ނަތީޖާ އެގޮތަށް ފެންނަން މެދުވެރިވި އެއް ސަބަބު ކަމަށެވެ. އަދި އޭގެއިތުރަށް ސަރުކާރުގައި އޮވެ، ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަންޖެހުންވެސް ބޮޑެތި ސިޓީތަކުން ބަލިވި ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ މިކަންކަން އިސްލާހުކޮށް ފިލާވަޅު ދަސްކޮށްގެން ކުރިއަށް އޮތްތަނުގައި އެއަށްވުރެ ރަނގަޅު ކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން