އިއްޔެ ބޭއްވި ލޯކަލް ކައުންސިލު އިންތިޚާބުގެ ނަތީޖާ ބުނަނީ ރާއްޖޭގެ ހުރިހާ ލީޑަރުން ގުޅިގެން އެކީގައި ރައްޔިތުންގެ ފައިދާއަށް މަސައްކަތްކުރަންޖެހޭ ކަމަށް ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް ވާދަކުރެއްވި ޑރ. މުޙައްމަދު މުޢިއްޒުވަނީ ބޮޑު ތަފާތަކުން އެ ގޮނޑި ކާމިޔާބުކުރައްވާފައެވެ. އިއްޔެގެ އިންތިޚާބުގައި އެމްޑީޕީ ބަލިކޮށް މާލޭ ސިޓީކައުންސިލްގެ ސާފް އަޣުލަބިއްޔަތު ޕީޕިއެމުން ވަނީ ހޯދާފައެވެ.

އޭގެ އިތުރަށް ޕީޕީއެމުންވަނީ މުހިއްމު ބައެއް އަތޮޅުތަކުގެ ކައުންސިލު ތަކުގެ ރައީސްގެ ގޮނޑިތައް ވެސް ކާމިޔާބުކޮށްފައެވެ. އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ރައީސް ޑރ. މުހަންމަދު ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުން ފެނުނީ ޑިމޮކްރެޓިކް ދިވެހިރާއްޖެއެއްގައި މަދު ބައެއްގެ އަތްތަކުގެ މައްޗަށް ބާރު ޖަމާވެ އެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ތަހައްމަލުކުރާނެ ކަމެއް ނޫން ކަމަށެވެ.

ލޯކަލް ކައުންސިލު އިންތިޚާބުގެ ނަތީޖާ ބުނަނީ ރާއްޖޭގެ ހުރިހާ ލީޑަރުން ގުޅިގެން އެކީގައި ރައްޔިތުންގެ ފައިދާއަށް މަސައްކަތްކުރަންޖެހޭ ކަމަށް ކަމުގައި ރައީސް ވަހީދު ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން މަޝްރޫޢުތައް ހިންގަން ސިޓީ މޭޔަރުންނަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން