އިއްޔެ ބޭއްވި ލޯކަލް ކައުންސިލް ތިންހާބުގައި މާލެއާއި އައްޑޫގެ އިތުރު ގޮނޑިތަކެއް އެމްޑީޕީއަށް ލިބިދާނެ ކަމަށް ބެލެވޭ ކަމަށް އެމްޑީޕީން މިރޭ ބުނެފިއެވެ.
އެމްޑީޕީން މިހެން ބުނެފައިވަނީ މިރޭ ނެރުނު ބަޔާނެއްގައެވެ. އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލެއާއި އައްޑޫ ސިޓީން އެޕާޓީން ކާމިޔާބު ކުރި ގޮނޑިތަކުގެ އިތުރުން، މާލޭގެ އެހެން 5 ދާއިރާއެއްގެ ނަތީޖާ ޝީޓާއި އައްޑޫ ސިޓީގެ 4 ދާއިރާއެއްގެ ނަތީޖާ ޝީޓުތަކަށް ބަލާއިރު އެދާއިރާތަކުގައި އެންމެ ކުރީގައި ތިބި ކެނޑިޑޭޓުންނާއި އެ ޕާޓީގެ ކެންޑިޑޭޓުންނާ ދެމެދު ހުރި ފަރަގަކީ 40 ހަކަށް ވޯޓަށްވުރެ ކުޑަ ފަރަގެއް ކަމަށެވެ. އެދާއިރާތަކުން ކޮންމެ ދާއިރާއެއްގައި މިހާތަނަށް އަދި ނުގުނާ 50އާއި 60 އާއި ދެމެދުގެ އަދަދަކަށް ވޯޓު ކަރުދާސް ރާއްޖޭގެ އެކި ރަށްރަށުގައާއި ޖަލުތަކުގައި ހުރިކަން ފާހަގަކުރެވޭ ކަމަށާއި، އަދި މިއިން ކޮންމެ ދާއިރާއެއްގައި ބާޠިލު ވޯޓުގެ ގޮތުގައި 50އާއި 90 އާއި ދެމެދުގެ އަދަދެއްގެ ވޯޓުކަރުދާސް ހިމެނިފައިވާކަންވެސް ފާހަގަކުރެވޭ ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
"އެހެންކަމުން، މިޕާޓީން މިގެންދަނީ އެ ވޯޓުފޮށިތަކުގެ ފުރިހަމަ ނަތީޖާ ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އިސްވެ ދެންނެވި ކަންކަން އެހެން ހުރުމުން މިޕާޓީއަށް މިހާތަނަށް ކަށަވަރުވެފައިވާ ގޮނޑިތަކުގެ އިތުރުން މާލެ އާއި އައްޑޫ ސިޓީގެ އިތުރު ގޮނޑި ލިބުމުގެ ފުރުޞަތު އޮތްކަމަށް ދަންނަވަމެވެ." އެމްޑީޕީން ނެރުނު ބަޔާނުގައިވެއެވެ.
އެމްޑީޕީން ބުނީ، ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ ޝީޓުތަކަށް ބަލާއިރު، މާލޭގެ 18 ގޮނޑީގެ ތެރެއިން 5 ގޮނޑީގެ ނަތީޖާ ކަށަވަރުވެ، އެޕާޓީއަށް ކާމިޔާބު ވެފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީގެ 12 ގޮނޑީގެ ތެރެއިން 6 ގޮނޑި އެޕާޓީން ކާމިޔާބުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު