މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ވޯޓާ ކުޅެން ނޫޅުމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ އެމްޑީޕީއަށް ގޮވާލައްވައިފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެޕާޓީގެ އޮފީސް ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުއްރަހީމް އަބުދުﷲ ވިިދާޅުވީ، ރައްޔިތުން ބަސް އިއްވައިފި ކަމަށާއި، ވޯޓް އޮޅުވާނުލެވޭ އަދި ވޯޓުން ވައްކަން ނުކުރެވޭ ވަރަށް ރައްޔިތުން ޕީޕީއެމަށް ތާއިދުކޮށް ވޯޓްދީފައިވާ ކަމަށެވެ. މާލޭގެ ގޮނޑިތަކުގެ ނަތީޖާ ބަދަލުކުރުމަށް އެމްޑީޕީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަމަށް އަދުރޭ ވަނީ ތުހުމަތުކުރައްވާފައެވެ. އެހެން ކަމުން ރައްޔިތުންގެ ވޯޓާ ކުޅެން ނޫޅުމަށް އަބުދުއްރަހީމް ވަނީ ގޮވާލައްވާފައެވެ.

"ދެން އެއާ ކުޅެން ނަހައްދަވާ! ރައްޔިތުންގެ ބަސް އެ އޮތީ އިއްވާފަ." އަބުދުއްރަހީމް ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ވޯޓާ ކުޅެން ނޫޅުމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ އެމްޑީޕީއަށް ގޮވާލައްވާފައިވާއިރު ލޯކަލް ކައުންސިލް އިންހާބުގައި މާލެއާއި އައްޑޫގެ އިތުރު ގޮނޑިތަކެއް އެމްޑީޕީއަށް ލިބިދާނެ ކަމަށް ބެލެވޭ ކަމަށް އެމްޑީޕީން މިރޭ ވަނީ ބުނެފައެވެ. އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލެއާއި އައްޑޫ ސިޓީން އެޕާޓީން ކާމިޔާބު ކުރި ގޮނޑިތަކުގެ އިތުރުން، މާލޭގެ އެހެން 5 ދާއިރާއެއްގެ ނަތީޖާ ޝީޓާއި އައްޑޫ ސިޓީގެ 4 ދާއިރާއެއްގެ ނަތީޖާ ޝީޓުތަކަށް ބަލާއިރު އެދާއިރާތަކުގައި އެންމެ ކުރީގައި ތިބި ކެނޑިޑޭޓުންނާއި އެ ޕާޓީގެ ކެންޑިޑޭޓުންނާ ދެމެދު ހުރި ފަރަގަކީ 40 ހަކަށް ވޯޓަށްވުރެ ކުޑަ ފަރަގެއް ކަމަށެވެ. އެދާއިރާތަކުން ކޮންމެ ދާއިރާއެއްގައި މިހާތަނަށް އަދި ނުގުނާ 50އާއި 60 އާއި ދެމެދުގެ އަދަދަކަށް ވޯޓު ކަރުދާސް ރާއްޖޭގެ އެކި ރަށްރަށުގައާއި ޖަލުތަކުގައި ހުރިކަން ފާހަގަކުރެވޭ ކަމަށާއި، އަދި މިއިން ކޮންމެ ދާއިރާއެއްގައި ބާޠިލު ވޯޓުގެ ގޮތުގައި 50އާއި 90 އާއި ދެމެދުގެ އަދަދެއްގެ ވޯޓުކަރުދާސް ހިމެނިފައިވާކަންވެސް ފާހަގަކުރެވޭ ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ ހަތަރު ގޮނޑިއެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަންގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން