ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ނަތީޖާއަށް ބަދަލު އަންނަފަދަ އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ހުރިހާ ވޯޓު ފޮށްޓެއް ގުނާނިމި ވަގުތީ ނަތީޖާއާ ހަމައަށް ގޮސްފައިވާއިރު، ނަތީޖާއަށް އަސަރުކުރާނެ ފަދަ ޝަކުވާއެއް ހުށަހަޅާފައިނުވާކަމަށެވެ.

އިންތިހާބާއި ގުޅޭގޮތުން ޝަކުވާއެއް ހުށަހަޅާފައިނުވާއިރު، ކައުންސިލްތަކުގެ އިންތިހާބު ދިޔައީ ވަރަށް އޮމާންކޮށްކަމަށް އިލެކްޝަންސް ކޮމިޝަނާއި އެހެން މުއައްސަސާތަކުން ބުނެއެވެ.

ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި މިއިންތިޚާބަކީ މިހާތަނަށް ރާއްޖޭގައި ބާއްވާފައިވާ އެންމެބޮޑު އަދި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރި އިންތިޚާބެވެ. އެގޮތުން އިންތިޚާބުގައި ޖުމްލަ 3934 ކެނޑިޑޭޓުން ވާދަކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރި 1670 ކެނޑިޑޭޓުންނެވެ. އިންތިހާބުގައި 67 އިންސައްތަ މީހުން ވޯޓްލައިފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާ ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު، ވެރިކަންކުރާ އެމްޑީޕީގެ މައްޗަށް އިދިކޮޅު ޕީޕީއެމުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް