މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީން ނާކާމިޔާބީއާއި ކުރިމަތިލާންޖެހުނު ނަމަވެސް ލާމަރުކަޒީ ނިޒާމް އުވާލުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެެއްޖެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ލާމަރުކަޒީ ނިޒާމް އުވާލުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތުން ކަމެއް ނިއްމައިފިނަމަ އެކަމަށް އިހުތިރާމް ކުރަށްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުކަން ޕީޕީއެމްގެ ކެންޑިޑޭޓް ޑރ .މުހަންމަދު މުއިއްޒު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރައްވާފައިވާއިރު މާލޭ ސިޓީ ކައުންސިލްގެ ސާފް އަޣުގުލަބިއްޔަތު އިދިކޮޅު ޕީޕީއެމުން ވަނީ ހޯދާފައެވެ.
"އެމްޑީޕީއަށް ނާކާމިޔާބުވީ ނަމަވެސް ލާމަރުކަޒީ ނިޒާމު އުވައެއް ނުލާނަން. ސިޓީ ކައުންސިލް މެމްބަރުންގެ އަޣުލަބިއްޔަތުން ކަމެއް ނިންމައިފިނަމަ އެކަމަށް އަޅުގަނޑު އިހުތިރާމް ކުރާނަން. ލާމަރުކަޒީ ނިޒާމް އަޅުގަނޑުމެން ގެނައީ ވަރަށް ދުވަހު އެކަމާ އުޅުމަށްފަހު. މިގޮތަށް ނުވެއްޖެއްޔާ އެހެން ގޮތެއް ހޯދާނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެވިދާޅުވާ އެހެން ގޮތަކީ ކޮންގޮތެއްކަން ސާފުކޮށް ވިދާޅު ނުވި ނަމަވެސް އެމަނިކުފާނު ވިދާޅުވީ ހުރިހާވެސް އަމާޒަކީ ގާނޫނުގައިވާ ގޮތުގެމަތިން ނިޒާމު ހިނގަމުން ދިއުން ކަމަށެވެ. މާލޭ ސިޓީކައުންސިލް މުވައްސަސާއެއްގެ ގޮތުގައި ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތް އެމްޑީޕީން ކުރަމުންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ކޮންމެ ގޮތަކަށް އޮތް ކަމުގައިވީނަމަވެސް އެމްޑީޕީގެ އަމާޒަކަށްވާނީ މާލޭ ސިޓީ ކައުންސިލް ލާމަރުކަޒީ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަދި ގާނޫނުގައިވާ ގޮތުގެ މަތިން ރަނގަޅަށް ހިންގަމުން ދިއުން. އެނގިވަޑައިގަންނަވާނެ މި ޕާޓީގެ ވަރަށް ބޮޑު އަމާޒެއް، މަގުސަދެއް އެއީ މުއައްސަސާތައް ބިނާކުރުން. އަޅުގަނޑުމެން މިހާރުވެސް މަސައްކަތް ކުރާނީ މާލޭ ސިޓީ ކައުންސިލް މުއައްސަސާއެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި ކުރަންޖެހޭ މަަސައްކަތްތައް މި ޕާޓީން ކުރުން." ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެ ނިޒާމު ރަނގަޅަށް ނުހިނގައިފިނަމަ އުވާލައްވާނެ ކަމަށް ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުނުވާ ކަމަށެވެ. ނިޔާޒު ވިދާޅުވީ ފަހުން ގެނައި ބަދަލުތަކާއެކުވެސް ކައުންސިލް ނިޒާމު ފުރިހަމަކޮށް ނުހިނގައިފިނަމަ އެހެން ގޮތްތަކެެއް ހޯއްދަވަން ޖެހޭ ކަމުގެ ވާހަކަ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ނިޔާޒްގެ ވާހަކަ ތަރުޖަމާ ކޮށްދެއްވާފައެވެ.
"ރަނގަޅަށް ނިޒާމު ނުހިނގައިފިނަމަ އުވާލާނެ ކަމަކަށް ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު ވިދާޅެއް ނުވޭ އިނގޭތޯ. އަޅުގަނޑު ރިޔާސަތުގައި އިންދާ އަލީ ނިޔާޒު އެ ވާހަކަ ދެއްކެވީ. ކޮންޓެސްޓުން އޭތި ނަގާކަށް ނުވާނެ. ނިޔާޒު ވިދާޅުވީ ވަރަށް ދުވަސްވެއްޖޭ މިކަމާ އުޅޭތާ، ކޮންމެ ފަހަރަކުވެސް މިކަން ކުރެވޭތޯއޭ އަޅުގަނޑުމެން މި އުޅެނީ. ދެން މިގޮތަށްވެސް މިކަންވާން ނެތިއްޖެއްޔާ އެހެން ގޮތަކަށްވެސް މިކަން ކުރަންޖެހޭނެ. އެހެންވީމަ އަޅުގަނޑު ނުދެކެން އަލީ ނިޔާޒުގެ ހިތުގައިވެސް އަދި ރޫހުގައިވެސް ވާކަމަކަށް މި ނިޒާމު ބަލިކަށިކުރުން ނުވަތަ އުވާލުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު