އެމްޑީޕީން ދަނީ އިންތިހާބުގެ ނަތީޖާ ބަދަލުކުރުމަށް ނުފޫޒު ފޯރުވަމުންކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީއަކީ ރައްޔިތުންނަށް ލިބުނު ނަސްރެއްކަމަށެވެ. ނަމަވެސް އެމްޑިޕީން ދަނީ ކެނޑިނޭޅި އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން އިންތިހާބުގެ ނަތީޖާ ބަދަލުކުރުމަށް މަސައްކަތް ކުރަމުންކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން ބޮޑެތި ސިޓީތަކުގެ ފަރަގުކުޑަ ދާއިރާތަކުގެ ނަތީޖާ ބަދަލުކުރަމުންދާކަމަށް ޝިޔާމް ތުހުމަތުކުރެއްވިއެވެ.
އެމްޑީޕީން ދަނީ އިންތިހާބުގެ ނަތީޖާ ބަދަލުކުރުމަށް ނުފޫޒު ފޯރުވަމުންކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އިންތިހާބާއި ބެހޭ މަރުކަޒު ކައިރިއަށް ޖަމާވެ، އަޑުވެސް އުފުލާފައެވެ. އަނެއްކޮޅުން އެމްޑީޕީން ވަނީ ނަތީޖާ ގަބޫލުނުކޮށް މާލޭގެ ބައެއް ފޮށިތައް އަލުން ގުނަން އެދިފައެވެ. ރައީސް ނަޝީދު ވަނީ އެކަން ކުރަށްވަން އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައިވަނީ ހުރިހާ ސިޓީކައުންސިލް ތަކަކާއި މޭޔަރުގެ ހުރިހާ ގިނޑިއާއެކު މި އިންތިޚާބުގައި އެއްހާސް ގޮނޑި އެމްޑީޕީއަށް ލިބޭނެކަން ކަށަވަރު ކަމަށެވެ. ނަމަވެސް މިއުއްމީދާއި ގާތަށް ވެސް ވާސިލު ނުވެވުމުން އެމްޑީޕީގެ މެންބަރުންނަށް ވަނީ އެކަން ގަބޫލުކޮށް ބަލައިގަތުން ދަތި ކަމަކަށް ވެފައެވެ.

#LCE20 gai PPM ah libunu kaamiyaabee akee rayyithunnan libunu nasreh. MDP in kendi neylhi dhanee EC ah nufoozufoaruva foshithakuge natheeja badhalukuramun. Khaassakoh Male City adhi bodethi City thakuge faragu kuda natheeja thah badhalu ebakurey. Rayyithun goi nimmafavanee.
— Ahmed Shiyam (@Shiyamaldives) April 11, 2021
އެމްޑީޕީން ދަނީ އިންތިހާބުގެ ނަތީޖާ ބަދަލުކުރުމަށް ނުފޫޒު ފޯރުވަމުންކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އިންތިހާބާއި ބެހޭ މަރުކަޒު ކައިރިއަށް ޖަމާވެ، އަޑުވެސް އުފުލާފައެވެ. އަނެއްކޮޅުން އެމްޑީޕީން ވަނީ ނަތީޖާ ގަބޫލުނުކޮށް މާލޭގެ ބައެއް ފޮށިތައް އަލުން ގުނަން އެދިފައެވެ. ރައީސް ނަޝީދު ވަނީ އެކަން ކުރަށްވަން އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައިވަނީ ހުރިހާ ސިޓީކައުންސިލް ތަކަކާއި މޭޔަރުގެ ހުރިހާ ގިނޑިއާއެކު މި އިންތިޚާބުގައި އެއްހާސް ގޮނޑި އެމްޑީޕީއަށް ލިބޭނެކަން ކަށަވަރު ކަމަށެވެ. ނަމަވެސް މިއުއްމީދާއި ގާތަށް ވެސް ވާސިލު ނުވެވުމުން އެމްޑީޕީގެ މެންބަރުންނަށް ވަނީ އެކަން ގަބޫލުކޮށް ބަލައިގަތުން ދަތި ކަމަކަށް ވެފައެވެ.
ކިޔުންތެރިންގެ ހިޔާލު