ގާސިމް އިބްރާހިމްގެ މަންމަ ވިދާޅުވާ ރުގިއްޔާ:-
ގާސިމް އިބްރާހިމްގެ މަންމަ ވިދާޅުވާ ރުގިއްޔާ:-
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަންމަ ވިދާޅުވާ ރުގިއްޔާ އަލީ ރޭ ނިޔާވެއްޖެއެވެ.

ރުގިއްޔާ ނިޔާވީ ބަލި ހާލަތު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގަ އެވެ. ރުގިއްޔާ ނިޔާވީ އުމުރުން 93 އަހަރުގައެވެ. 

ރުގިއްޔާއަށް، ގާސިމް ވިދާޅުވަނީ "ބޮޑު މަންމަ" އެވެ. ގާސިމް ކުޑައިރުން ފެށިގެން ބޮޑުކޮށް މަންމަ ކިޔަމުން ގެންދަވާ ބޭފުޅަކީ ރުގިއްޔާއެވެ. ގާސިމް ތުއްޕުޅުއިރު އެމަނިކުފާނުގެ މަންމާފުޅު ވަނީ އަވަހާރަވެފައެވެ. ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނުގެ މަންމަ އަވަހާރަވުމުން އެމަނިކުފާނަށް ކިރުފޮދު އެރުއްވީ ރުގިއްޔާ ކަމަށެވެ.



"އަޅުގަނޑަށް ކިރުދީ ހަދާ ބަލާ ބޮޑުކުރީ އެ ދައްތަ، އަޅުގަނޑުގެ މަންމަ ވިހެއުމަށްފަހު އެއް މަސްވިތަނާ ނިޔާވުމުން. އަޅުގަނޑު ބަލާ ބޮޑުކުރީ އެ ދައްތަ ރުގިއްޔާ." ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ރުގިއްޔާ އަކީ ގާސިމްގެ ދެ ބޭންގެ ދެދަރި ދައްތައެކެވެ. ރުގިއްޔާއަކީ މާމިގިއްޔަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަނބަލެކެވެ. ރުގިއްޔާ އަލީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދުގެ ފަހުގައި އާސަހަރާ މިސްކިތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން