ޒަހީނުއްދީން ސަޢީދު   13 އޭޕްރީލު 2021 - 17:31
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ބައެއް ވޯޓު ފޮށިތައް އަލުން ގުނަން ނިއްމައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.

ޢިލެކްޝަންސް ކޮމިޝަނުން ބުނީ ފާހަގަވެފައިވާ ބައެއް ދާއިރާތަކުގެ ވޯޓު ކަރުދާސްތައް މިއަދު މެންދުރުފަހު 1:30 ގައި އަލުން ގުނަން ފަށާނެ ކަމަށެވެ. ނަމަވެސް ގުނަނީ ކިތައް ފޮށި ކަމެއް އެކޮމިޝަނުން ހާމައެއް ނުކުރެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓާ ގުޅޭ ބައެއް ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮންކަހަލަ ޝަކުވާތަކެއް ކަމެއް އެކޮމިޝަނަކުން ނުބުނެއެވެ.

ވޯޓު ފޮށިތަކެއް އަލުން ގުނުމަށް ތައްޔާރުވަމުން ދާއިރު ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި ބާތިލް ވޯޓު ގިނަކަން ފާހަގަކޮށް ޕީޕީއެމުން އިއްޔެ ވަނީ ބާތިލް ވޯޓުތައް ގުނާ ދިނުމަށް އިލެކްޝަންސް ކޮމިޝަންގައި އެދިފައެވެ. އަދި ހަތަރު ދާއިރާއެއްގެ ވޯޓު ފޮށި އަލުން ގުނަން ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެދިވަޑައިގެންފައެވެ.

ނަމަވެސް ކުރިން ކޮމިޝަނުން ބުނަމުން އައީ ނަތީޖާއަށް އަސަރު ކުރާފަދަ ޝަކުވާއެއް ފާހަގަވެފައި ނެތް ކަމަށެވެ. ވޯޓު ފޮށިތަކެއް އަލުން ގުނަން އީސީން ނިންމިއިރު އިދިކޮޅުން ވަނީ ވެރިކަން ކުރާ ޕާޓީން އީސީއަށް ނުފޫޒު ފޯރުވައިގެން ވޯޓާ ކުޅެން އުޅޭކަމުގެ ތުހުމަތު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން