އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބާބެހޭ މައިމަރުކަޒު ތެރެއަށް ވަދެވަޑައިގެންނެވީ ޕީޕީއެމްގެ އިސް ބޭފުޅުންކަމަށާއި، އެމަނިކުފާނު އެތަނަށް ވަދެވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންތިހާބާބެހޭ މައިމަރުކަޒުގައި ބޮޑެތި ހަމަނުޖެހުންތަކެއް މިއަދު ހިނގައިފައިވަނިކޮށެވެ.

ހަމަނުޖެހުންތައް އެތަނުގައި ހިނގިއިރު، ރައީސް ނަޝީދުގެ އިތުރުން، ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ، މޭޔަރުކަމަށް އިންތިހާބުވި ޑރ. މުއިއްޒުއާއި، އެމްޑީޕީގެ ބައެއް ބޭފުޅުން އިސް ބޭފުޅުންވެސް އެބަތިއްބެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު އެތަނަށް ވަޑައިގެންނެވީ ޕީޕީއެމްގެ އިސް ބޭފުޅުން އިންތިހާބާބެހޭ މައިމަރުކަޒަށް ވަޑައިގެންނެވުމުންކަމަށެވެ.



ނަޝީދު ވިދާޅުވީ އޮފިޝަލުން ނޫން ބޭފުޅުންނަށް މަރުކަޒަށް ނުވެންނެވޭނެކަމަށާއި، އެމަނިކުފާނުވެސް އެމަރުކަޒަށް ވަދެވަޑައިގެންފައިނުވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް